ads
ދިރާގުގެ 34 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން - ފޮޓޯ: ދިރާގު
ދިރާގުގެ އަހަރީ އާންމު ޖަލްސާ މި މަހު 28 ގައި ބާއްވަނީ
ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާ މިމަހު 28 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ދިރާގުން ބުނީ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހައިބްރިޑްކޮށް ކަމަށާއި، ހިއްސާދާރުންނަށް ފަހިވޯޓް މެދުވެރިކޮށް އޮންލައިންކޮށް އަދި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ކްރޮސްރޯޑްސް މޯލްޑިވްސްގެ ޖަލްސާކުރާ މާލަމަށް ގޮސްގެން ބައިވެރިވެވޭނެ ކަމަށެވެ.

އެ ޖަލްސާގައި ބައިވެރިވުމަށް ހިއްސާދާރުންނަށް މި މަހުގެ 27 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ޕްރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލާފައިވާ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނި ގޮތުގައި ޖަލްސާކުރާ މާލަމުގެ ޖާގައަށް ބަލައި މާލަމަށް ގޮސް ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރީކުރެވޭނީ 150 ހިއްސާދާރުންނަށް ކަމުގަ އެވެ.

މީގެއިތުރަށް ޖަލްސާކުރާ މާލަމަށް ގޮސް ޖަލްސާގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިވެވޭނީ ޖަލްސާއަށް ގޮސްގެންކަން ނުވަތަ އޮންލައިންކޮށްކަން މިމަހު 28 ގެ ކުރިން އަންގާނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް