ads
ޚަދީޖާގެ މަންޒަރެއް
އާސިމްގެ ހަދީޖާ އުނގޫފާރުގައި އަޅުވަނީ
ދިވެހި ކުރު ފިލްމު ހަދީޖާ ރ. އުނގޫފާރުގައި އަޅުވަން ނިންމައިފިއެވެ.

މި ފިލްމު މި ހަފްތާ ބަންދުގައި އުނގޫފާރުގައި އަޅުވަން ނިންމާފައިވާކަމަށް ފިލްމުގެ ޑައިރެކްޓަރު އަހުމަދު އާސިމް މިއަދު ބުންޏެވެ. 

އާސިމް ބުނީ "ހަދީޖާ" ގެ ޓިކެޓެއް އުނގޫފާރުން 50 ރުފިޔާއަށް ލިބެން ހުންނާނެކަމަށެވެ. 

"މިރަށުގަ އަޅުވަން މި ނިންމީ މާލެއިންނާ އަދި ގިނަ ރަށްތަކުން ލިބުނު ބޮޑުތަރުހީބުގެ ސަބަބުން. އުނގޫފާރަކީ ރ އަތޮޅުގެ ހުރިހާ ރަށަކުން ވެސް މީހުން އަންނަ ރަށެއް،" އާސިމް ބުންޏެވެ. 

ހަދީޖާއަކީ އެ ފިލްމު ބެލި އެންމެންވެސް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވާ، ފިލްމެކެވެ. 

ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ރަވީ ފާރޫގު އަދި ނަތާޝާ ޖަލީލު ފެންނައިރު، މަޝްހޫރު ފިލްމީތަރި ނިމާލް ވެސް މި ފިލްމުގެ މުހިންމު ރޯލަކުން ފެނެއެވެ. 

ކ. ކާށިދޫގައި ޝޫޓުކުރި މި ފިލްމު އެންމެ ފުރަތަމަ އަޅުވާފައިވަނީ ވެސް އެ ރަށުގައެވެ. 

ހަދީޖާއަކީ ދިވެހި މުޖުތަމައުގައި ހިނގާ ގެވެށިއަނިޔާއާއި، އަދި ބައެއް އެހެން ކުށްތައް ވެސް ދައްކުވައިދޭ މޮޅު ފިލްމެކެވެ. 

މި ފިލްމުގެ ޑައިރެކްޓަރު އަދި މަޝްހޫރު ފިލްމީތައި އަހުމަދު އާސިމް ނެރުނު އެންތޮލޮޖީ ސީރީޒް "ހަދީޖާ" އަކީ އޭނާ ބައިސްކޯފަށް ނެރެމުންއަންނަ "ވިހާލި" ސީރީޒްގެ ދެވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑް އެވެ. 

ވިހާލި ސީރީޒްއަށްވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެ ސީރީޒްގެ ދެ ވަނަ ސީޒަންގެ ފުރަތަމަ އެޕިސޯޑު "ހަދީޖާ" އަށްވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. 

އުނގޫފާރުން ޓިކެޓު ގަންނަން ބޭނުންވާ ބޭފުޅުން 7755569 އަށް ގުޅައިގެން ވެސް ޓިކެޓު ބުކް ކުރުމުގެފުރުސަތު ވަނީ ހުޅުވާލައިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް