ads
ދިއްގަރުގައި އަޅާ ހައުސިން ޔުނިޓްތަކުގެ ބިންގާއެޅުން.
އިންތިހާބަށް 48 ގަޑިއިރު، ސަރުކާރުން އަވަދިނެތި މަޝްރޫތައް ހަވާލުކުރުމުގައި
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 48 ގަޑިއިރަށްވެފައިވާއިރު ސަރުކާރުން މިއަދު އަވަދިނެތި އުޅެމުންދަނީ އެކި މަޝްރޫތައް ހަވާލުކުރުމުގައެވެ.

ސަރުކާރުން ކޮންމެ ގަޑިއަކު އެއްފަހަރު ހެން ކޮންމެވެސް މަޝްރޫއެއް ހަވާލުކޮށް އެ ވާހަކަތައް ދަނީ އާއްމުކަރަމުންނެވެ. އެންމެ ގިނައިން މަޝްރޫތައް ހަވާލުކޮށް އާއްމުކުރަމުންދަނީ އުމްރާނީ ތަރައްޤިއާ ބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިން އަންނަނީ އެއާޕޯޓްތައް އެޅުމަށް ޑިޒައިނާއި ސާވޭކުރުމަށް ހަވާލުކުރުމާއި ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް ފެށުމާއި ބިން ހިއްކަން ހަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮައިކުރަމުންނެވެ. 

ސަރުކާރުގެ ވަޒީރުން ރާއްޖޭގެ އެކި ދިމާ ދިމާލުގައި މިއަދު އަންނަނީ މަޝްރޫތައް ފައްޓަވާ ދެއްވަމުންނެވެ. ނޫނީ ކޮންމެވެސް އެއްބަސްވުމެގައި ސޮައިކުރައްވަމުންނެވެ. 

އުމްރާނީ ތަރައްޤިއާ ބެހޭ ވުޒާރާއިންވަނީ މިއަދު ށ.މިލަންދޫ އެއާޕޯޓާއި ށ. ބިލެތްފަހި އެއާޕޯޓާ، ތ. ވިލިފުށީ އެއާޕޯޓާއި ތ ގުރައިދޫ އެއާޕޯޓާއި ށ. ކޮމަންޑޫ އެއާޕޯޓްގެ ސާވޭގެ ޑިޒައިން އަދި އީ.އައި.ޢޭ ހެދުމުގެ މަސައްކަތް އެމްޓީސީސީ ހަވާލުކޮށްފައެވެ. 

މީގެއިތުރުން އެ މިނިސްޓްރީން ވަނީ ށ. ޅައިމަގުގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށިކަމާއި  ކިނބިދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފެށިކަން އިއުލާންކުރައްވާފައެވެ. އަދި ކ.ގުޅިފަޅު އަދި ކ.ގިރާވަރުފަޅު ތަރައްޤީ ކުރުމަށް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހަވާލުކުރިކަމަށްވެސް އިއުލާންކޮށްފައެވެ. ހދ. މަކުނުދޫ، ރ. މާކުރަތު އަދި ތ. މަޑިފުށީގެ މަގުތަށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. 

 އާރުޑީސީން ވަނީ އއ. ތޮއްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް ފަށާފައެވެ. 

އެޗްޑީސީން ވަނީ ސާފިން އަދި ބޮޑީބޯޑިން ސްޓޭޑިއަމް ތަރައްގީ ކުރުމަށާއި ރޭސިން އަދި ޑްރިފްޓިން ޓްރެކެއް އަޅަން ގާއިމުކުރާ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައެވެ. 

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެކަމުގެ އެއްބަސްވުމެއްގައި ޗައިނާގެ ކުންފުންޏަކާއި އެކު އެކުންފުނިންވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. 

ހައުސިން މިނިސްޓްރީން މިއަދު ވަނީ ހިޔާ ފްލެޓްތަކުގައި އިތުރަށް ހަރުކުރަން ނިންމި ލިފްޓުތަކުގެ މަސައްކަތްވެސް ފަށާފައެވެ. މީީގެއިތުރުން ދިއްގަރުގައި 75 ހައުސިން ޔުނިޓް އެޅުމަށް މިއަދު މެންދުރު ސޮއިކުރުމަށްފަހު އަމަލީ މަސައްކަތް މިއަދު ހަވީރު ވަނީ ފަށާފައެވެ. 

މީގެެތެރެއިން ގިނަ މަޝްރޫތަކީ މިއަހަރުގެ ބަޖެޓްގައިވެސް ހިމަނާފައި ނުވާ މަސައްކަތްތަކެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް