ads
އިންޑިއާގެ އާސާމް ސްޓޭޓްގެ އަވަށެއްގައި މިއަދު ވޯޓުލާން މީހުން ކިއޫގައި. - ފޮޓޯ: އޭއެފްޕީ
އާންމު އިންތިހާބުގެ ވޯޓުލުން އިންޑިއާގައި މިއަދު ފަށައިފި
ދުނިޔޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އާންމު އިންތިހާބުގެ ވޯޓުލުން އިންޑިއާގައި މިއަދު ފަށައިފި އެވެ.

އިންޑިއާގެ 1.4 ބިލިއަން މީހުންގެ އާބާދީގެ ތެރެއިން 969 މިލިއަން މީހުންނަށް ވޯޓުލެވޭ އިރު، މިއީ އާބާދީ އެންމެ ބޮޑު ގައުމުގެ ގޮތުން މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ބަޔަކު ވޯޓުލާ އިންހާބެވެ. 

މި އަހަރުގެ އިންތިހާބުގައި 6 ގައުމީ ޕާޓީއަކާއި 57 ސްޓޭޓް ޕާޓީއަކާއި 2,597 ކުދި ޕާޓީތައް ބައިވެރިވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަމާޒަކީ މިފަހަރު ވެސް އިންތިހާބު ކާމިޔާބުކުރައްވައި ތިންވަނަ ދައުރެއް ކަށަވަރު ކުރެއްވުމެވެ. އެގޮތުން ވެރިކަން ކުރާ މައި ޕާޓީ ބީޖޭޕީއިން އެކަނި 370 ގޮނޑި ހޯދައި, އެ ޕާޓީ ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އަށް ޖުމްލަ 400 ގޮނޑި ހޯދަން ސަރުކާރުން ވަނީ ހިފައިފަ އެވެ.

އިންތިހާބުގެ ވޯޓުލުން ޖޫން 1 އާ ހަމަޔަށް ކުރިއަށް ގެންދާނީ ހަތް ފިޔަވައްސަކަށް ބަހާލައިގެންނެވެ. މި އިންތިހާބުގައި ވޯޓު ގުނަން ފަށާނީ ހުރިހާ ހިސާބެއްގައި ވޯޓުލުން ނިމުމުން، އެއްފަހަރާ އެވެ. އާންމު ގޮތެއްގައި، ވޯޓު ގުނަން ފަށާ ދުވަހު ނަތީޖާ ވެސް އިއުލާނުކުރެ އެވެ.

އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވި އާންމު އިންތިހާބުގައި ބީޖޭޕީން 303 ގޮނޑި ނެގިއިރު އެންޑީއޭއަށް 353 ގޮނޑި ލިބުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް