ads
ލިވަޕޫލުގެ ކޯޗު ކްލޮޕް
މޮޅުވިޔަސް ލިވަޕޫލް ކަޓައިފި
ދެވަނަ ލެގުން މޮޅުވި ނަމަވެސް، ޔޫރޮޕާ ލީގުން ލިވަޕޫލް ކަޓައިފިއެވެ.

ޔޫރޮޕާ ލީގުން ލިވަޕޫލް ކެޓީ، އެޓްލާންޓާ އަތުން ތިނެއް އެކެއްގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. ރޭގެ މެޗުން އެއް ލަނޑު ސުން ލަނޑުން ލިވަޕޫލް މޮޅުވި ނަމަވެސް މިދިޔަ ހަފްތާގައި ކުޅުނު ފުރަތަމަ ލެގުގައި ތިން ލަނޑު ސުން ލަނޑުން ލިވަޕޫލްވަނީ ބަލިވެފައެވެ.

ޔޫރޮޕާ ލީގުން ލިވަޕޫލް ކެޓި ނަމަވެސް ރޭ އެޓްލާންޓާއާ ދެކޮޅަށް ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕްވަނީ ބުނެފައެވެ. 

ލިވަޕޫލަށް މި ސީޒަނުގައި މިހާރު ތައްޓެއް ލިބެން އޮތް ހަމައެކަނި މުބާރާތަކީ ޕްރެމިއާ ލީގެވެ. އެ ލީގު ތަށީ ހޯދުމުގެ އަމިއްލަ ބާރު އޮއްވައި އެ ބާރު ގެއްލި މިވަގުތު ޓީމު އޮތީ ތާވަލުގެ ތިން ވަނާގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް