ads
ޑްރޯން: ގެއްލުނު "ފަރިހި 2" ވަނީ ހޯދާފައި - ފޮޓޯ:އެމްއެންޑީއެފް
ޑްރޯން ބޭނުންކޮށްގެން ގެއްލުނު "ފަރިހި 2" ހޯދައިފި
މ. ރަތްމަންދޫ ބޭރުން އިއްޔެ މަހަށް ގޮސް އުޅެނިކޮށް ގެއްލުނު "ފަރިހި 2" ހޯދައިފި ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.

ދިފާއީ ބާރުން ބުނީ މި ދޯނި ފެނުނީ ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށް ކަމަށެވެ. ދޯނީގައި ތިބި ތިން މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް ދިފާއީ ބާރުން ބުނެ އެވެ.

"ފަރިހި 2" ގެ ހަބަރެއް ނުވެގެން ސެންޓްރަލް އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ތާޑް ސްކޮޑްރަންއިން، ދޯނި ހޯދުމުގެ މަސައްކަތް ފަށާފައި ވަނީ ރެ އެވެ.

ގައުމީ ދިފާއީ ބާރުން ބުނެފައި ވަނީ 3 ފަޅުވެރިންނާ އެކު މަސް ބާނަން ނިކުތް "ފަރިހި 2" ދޯނި ހޯދުމަށް ކޯސްޓްގާޑް ހާބަކްރާފްޓް 114 ރޭ 11:20 ފެށިގެން ދޯނި ހޯދުމުގެ މަސައްކަތް ފެށިއިރު، ދިފާއީ ބާރުގެ ވައިގެ ބާރުން ދޯނި ހޯދުމަށްޓަކައި "ޔޫއޭވީ" އެ ސަރަހައްދަށް އުދުއްސާލާފައި މެންދަމު 2:03 ގައި ކަމަށެވެ.

ދޯނި ހޯދުނީ އެއާ ކޯގެ އަސްކަރީ ޔޫއޭވީ އާއި ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް