މެޓް އޮފީހުން މިހެން ބުނިއިރު، ގަދަ ހޫނުގައި ވެސް މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުމަށް ގިނަ ބަޔަކު ތިބީ ތޮއްޕާއި ކުޑަ އަޅައިގެން ވޯޓުލާ މަރުކަޒުތައް ކައިރީގައި ކިއު ހަދައިގެން ތިބިކަން ފާހަގަކޮށްލެވެ އެވެ.
މިއަދު އެންމެ ހޫނުގަދަ ވާނެކަމަށް މެޓް އޮފީހުން ބުނެފައިވަނީ މާލެ ސަރަހައްދަށެވެ. އެގޮތުން މެންދުރު 11:00 ގައި ހުޅުލެއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 44.2 ޑިގްރީ ސެލްސިއަސްގަ އެވެ.
ދެވަނައަށް އެންމެ ހޫނުގަދަ ވާނެ ކަމަށް މެޓުން ބުނެފައިވާ ހދ. ހަނިމާދޫއަށް އިހުސާސްކުރެވޭ ހޫނުމިން 43.7 ޑިގްރީ ސެލްސިއަސްގައި ހުރިއިރު، ލ. ކައްދު އަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 42.8 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި ގދ. ކާޑެއްދޫއަށް އިހުސާސްކުރެވޭ ހޫނުމިން ހުރީ 42.2 ޑިގްރީ ސެލްސިއަށް އަރާނެ ކަމަށާއި، ސ. ގަމަށް އިހުސާސްކުރެވޭ ހޫނުމިން 41.1 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް މެޓުން މައުލޫމާތުދެ އެވެ.
މެޓް އޮފީހުން ބުނެފައި ވަނީ، މި ދުވަސްވަރު ވިލާ މަދުވުމާއި ވައި މަޑުވުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުން، ވައިގެ ހޫނުމިނަށްވުރެ އިހުސާސް ކުރެވޭ ހޫނުމިން މަތިވާނެ ކަމަށެވެ. މީގެ އިތުރުން މި އަހަރަކީ ވެސް އެލްނީނޯ އަހަރެއްކަމުން ހޫނުމިން އިތުރަށް މަތިވުމުގެ ފުރުސަތު އޮތް ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ ޖަމިއްޔާއިން ވަނީ ލަފާކޮށްފަ އެވެ.