ads
ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން ފަޔާ ފައިޓަރުން ހަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ހުޅުމާލެ ފޭސް 1 ގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ ހުޅުމާލެ ފޭސް 1 ގެ "ލޮޓް 11071" އިމާރާތުގައި ހުރި އޭސީއެއްގައި ކަމަށެވެ.
 
މި ހާދިސާގެ މައުލޫމާތު މިއަދު 12:25 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން އެ އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އެގޮތުން އަލިފާން ނިއްވާލެވިފައިވަނީ 12:36 ހާއިރު ކަމަށް އެމްއެންޑީއެފުބް މައުލޫމާތުދެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގައި އޭސީގެ އައުޓްޑޯއަށް ގެއްލުންވެފައިވީ ނަމަވެސް، އިމާރާތުގެ އިތުރު ތަނަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމުގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް