ads
ކުރީގެ ރައީސް ޔާމީން - ފޮޓޯ: ސަން
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލައްވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓު ލައްވައިފި އެވެ.

ވޯޓް ލެއްވުމަށްފަހު ދެއްވި އިންޓަވިއުއެއްގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރަށް ގޮނޑި ހޯދަން ގިނަ ކަންކަން ކުރެވޭނެ ކަމަށެވެ. އޭގެ ތެރޭގައި ވަޒީފާ އުފެއްދުމާ، ދާއިރާތަކުގައި ޕްރޮޖެކްޓްތައް ފެށުމާ އަދި ފައިސާ ބެހުން ފަދަ ކަންކަން ކުރަން ސަރުކާރަށް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

ވޯޓް ލާން ނުކުންނަ މީހުން ގިނަވުމަކީ އުފާ ކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދުގެ އިންތިހާބުގެ ވޯޓުލުން ފަށާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ތާވަލާ އެއްގޮތަށް 8:00 ގަ އެވެ. މިއަދުގެ ވޯޓުލުން ރަސްމީކޮށް ބަންދުކުރާނީ ހަވީރު 5:30 ގަ އެވެ. ނަމަވެސް ވޯޓު ކިއޫ އޮތްނަމަ ވޯޓުލުން ކުރިއަށް ގެންދާނެ އެވެ.

ވޯޓު ގުނަން ފަށާނީ ފޮށިތައް ބަންދުކުރާތާ 30 މިނެޓު ފަހުންނެވެ.

މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 93 ދާއިރާއަކަށް މެމްބަރުން އިންތިހާބު ކުރާއިރު، އެ ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. ރާއްޖެއިން ބޭރުގައި މިއަދު ވޯޓުލުން ކުރިއަށްދާނީ ލަންކާ، އިންޑިއާ އަދި މެލޭޝިއާގަ އެވެ.

މިއަދުގެ އިންތިހާބުގައި ޖުމްލަ 602 ވޯޓު ފޮށި ބަހައްޓަ އެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓަ އެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބެނީ 284،663 މީހުންނަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް