ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ - ފޮޓޯ: އަދަދު
އިިންތިހާބަށް ސަރުކާރުތަކުން ވަސީލަތްތައް ބަންޑުންޖަހާލާ: ޔާމީން
ގިނަ ސަރުކާރުތަކުން ކޮންމެ އިިންތިހާބަކާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ބަންޑުންޖަހާލާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ޔާމީން ވިދާޅުވީ، ރައީީސް ސޯލިހާއި ރައީީސް މުއިއްޒުގެ ސަރުކާރުން ވެސް ކަން ކުރަމުން އަންނަނީ އެ ގޮތަށް ކަމަށެވެ.

"އެ ވަރިހަމަ ބައި އިލެކްޝަނެއް އޮތަސް، ހަމަ ސަރުކާރުގެ ރިސޯސަސްތައް ބަންޑުންޖަހާލަނީ. އެއީ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގަ އެކަން ވީ އެހެން، ރައީސް މުއިއްޒުގެ ސަރުކާރުގަ އެކަން ވީ އެހެން،" ޔާމީން ވިދާޅުވި އެވެ.

ނަމަވެސް ވެރިކަމުގައި ހުންނެވިއިރު އިންތިހާބަކާ ދިމާކޮށް ދައުލަތުގެ ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން އިންތިހާބުގެ ކެމްޕެއިނަށް ރަށްރަށަށް ދަތުރުކުރުމުގައި ވެސް ދައުލަތުގެ އެއްވެސް ވަސީލަތެއް ބޭނުން ނުކުރައްވާކަމުގައި ޔާމީން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުގެ ސަރުކާރުގައި ނުހުންނާނެ، ދައުލަތުގެ ރިސޯސް ބޭނުންކޮށްގެން އިންތިހާބަކާ ދިމާކޮށް އެއްވެސް ރަށަކަށް ނުހުންނާނެ ގޮސްފައެއް." ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ޔާމީންގެ ސަރުކާރުގައި އިންތިހާބަކާ ދިމާކޮށް ކަޑަޖަހާފައި ނުވާނެ ކަމަށާއި، އެފަދަ ދުވަސްވަރެއްގައި ވަކި މަޝްރޫއުތައް ނިންމަވާނެ ކަމުގެ ވާހަކަތައް ވެސް ނުދައްކަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން އިތުރަށް ވިދާޅުވި ގޮތުގައި މި ސަރުކާރުގެ ފަރާތުން ފެންނަނީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކޮށްފައިވާ ވައްކަމާ ހިޔާނާތުގެ އިތުރުން ވޯޓު ހޯދަން ކަޑަ ޖެހުން ވެސް އެއަށްވުރެ މާ ފުރިހަމައަށް ކުރަމުންދާ މަންޒަރު ކަމުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް