ads
ރައީސް މުއިއްޒާ އެކު އިސްލާމިކް މިނިސްޓަރު ޝަހީމް: ވިދާޅުވީ ރާއްޖޭގައި ހުޅުވިގެން މި ދަނީ ދިމިގުރާތީ ހަޔާތުގައި އާ ސަފުހާއެއް ކަމަށް.
ދިމިގުރާތީ ހަޔާތުގައި ހުޅުވިގެން މި ދަނީ އާ ސަފުހާއެއް: ޝަހީމް
ރާއްޖޭގައި ހުޅުވިގެން މި ދިޔައީ ދިމިގުރާތީ ހަޔާތުގައި އާ ސަފުހާއެއް ކަަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ވެރިކަން ހިންގަން ޖެއްސުން ކުރުމާއި ދުއްތުރާ ކުރުމާއި ސިޔާސީ ރުޅިވެރިކަމުގެ މަރުހަލާތައް ނިމި، ރާއްޖޭގެ ދިމިގުރާތީ ހަޔާތުގައި ހުޅުވިގެން މި ދަނީ އާ ސަފުހާއެއް ކަމަށެވެ.

ޝަހީމް ވަނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ނަތީޖާއިން ފެނިގެން ދިޔައީ ރައީސް މުއިއްޒުގެ ގައުމީ ވިސްނުމަށް އޮތް ތާއީދު ކަމަށް ފާހަގަކުރައްވާފަ އެވެ.

"ވެރިކަން ހިންގަން ޖެއްސުން ކުރުމާއި ދުއްތުރާ ކުރުމާއި ސިޔާސީ ރުޅިވެރިކަމުގެ މަރުހަލާތައް ނިމި، ރާއްޖޭގެ ދިމިގުރާތީ ހަޔާތުގައި ހުޅުވިގެން މި ދަނީ އާ ސަފުހާއެއް. ރައީސް ޑރ. މުއިއްޒުގެ ގައުމީ ވިސްނުމަށް އޮތް ތާއީދު ފެނިގެން މި ދަނީ،" ރައީސް މުއިއްޒަށް މަރުހަބާ ދަންނަވައި ޝަހީމް ކުރެއްވި އެކްސްގައިވެ އެވެ.

އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީ ވަނީ މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފަ އެވެ. ވާދަވެރިކަމާ އެކު އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގަައި ޕީއެންސީން 71 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީއަށް ލިބިފައި ވަނީ އެންމެ 12 ގޮނޑި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް