ads
ރައީސް ނަޝީދު ޑިމޮކްރެޓްސްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަނީ - ފޮޓޯ:ދަ ޑިމޮކްރެޓްސް
އިންތިހާބުގައި ޕީއެންސީން ހޯދި ބޮޑު ކާމިޔާބީއަށް ރައީސް ނަޝީދު ތައުރީފުކުރައްވައިފި
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިިލިސް އިންތިހާބުގައި މަޖިލީހުގެ މެޖޯރިޓީ ހޯދުމާ ގުޅިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފި އެވެ.

ރައީސް ނަޝީދު މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ 20 ވަނަ މަޖިލީހުގައި ޕީއެންސީ ހޯދި ކާމިޔާބަށް، އެ ޕާޓީގެ މެމްބަރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި ޕާޓީގެ އިސްވެރިންނަށް މަރުހަބާ ދަންނަވާފަ އެވެ.

"20 ވަނަ މަޖިލިސްއަށް ޕީއެންސީ ހޯދި ފުރިހަމަ ކާމިޔާބީއަށް، އެ ޕާޓީގެ މެންބަރުންނާއި ރައީސް ޑރ. މުއިއްޒުއަށާއި އަދި ޕާޓީގެ އިސްވެރިންނަށް މަރުހަބާ،" ރައީސް މުއިއްޒު ޓެގްކުރައްވާ ރައީސް ނަޝީދު ވިދާޅުވި އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް ނަޝީދު އިސްވެ އުފެއްދެވި ޕާޓީ ދަ ޑިމޮކްރެޓްސްއިން 39 ކެންޑިޑޭޓުން ވާދަކުރި ނަަމަވެސް އެ ޕާޓީން އެއްވެސް ގޮނޑިއެއް ކާމިޔާބު ކޮށްފައެއް ނުވެ އެވެ.

ދަ ޑިމޮކްރެޓްސްގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ އުފައްދަވާފައިވާ ޕާޓީ، ޕީއެންއެފްއަށް އެއްވެސް ގޮނޑިއެއް ކާމިޔާބުކޮށްފައެއް ނުވެ އެވެ. އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގެ މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު ޕީއެންސީއަށް 66 ގޮނޑި ލިބިފައިވާއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީއަށް ހޯދުނީ 12 ގޮނޑި އެވެ. ރައީސް މުއިއްޒުގެ އެޑްމިނިސްޓްރޭޝަނުގެ ކޯލިޝަން ޕާޓްނަރު އެމްއެންޕީއަށް ލިބިފައި ވަނީ އެންމެ ގޮނޑިއެކެވެ. ޖުމްހޫރީ ޕާޓީއަށް ވެސް ކާމިޔާބު ކުރެވިފައި ވަނީ އެއް ގޮނޑި އެވެ. އެމްޑީއޭއިން ދެ ގޮނޑި އަދި އަމިއްްލަގޮތުން ވާދަކުރި ކެންޑިޑޭޓުންނަށް 11 ގޮނޑި ވަނީ ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް