އެކުންފުނިން ބުނީ ބުރާސްފަތި ދުވަހު ލަންކާ ދަތުރުތައް ފެށުމަށްފަހު ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު ޝެޑިއުލް ދަތުރުތައް ކުރަމުން ގެންދާނެކަމަށެވެ.
މޯލްޑިވިއަނުން ލަންކާ ދަތުރުތައް ފަށާއިރު ޓިކެޓްގެ އަގަކީ ދެކޮޅަށް 165 ޑޮލަރެވެ. އަދި ކޮންމެ ފަސިންޖަަރަކަށް 30 ކިލޯގެ ބެގޭޖް އެލަވަންސް ލިބޭނެކަމަށާއި ދަތުރުމަތީ ރަނގަޅު މީލް ޕެކެއްވެސް ލިބޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި އެއްވެސް ގޮތަކަށް އާންމުކޮށް އެއާޕޯޓުތަކުން ނަގާ "'ސަޕްރައިޒް ފީތައް" ނުނަގާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މީގެއިތުރުން މޯލްޑިވިއަނުން ލަންކާއަށް ބޭސް ފަރުވާއަށް ދަތުރުކުރާ މީހުންނަށް ނަވޮލޮކާ ހޮސްޕިޓަލުން ފައިދާތަކެއް ލިބޭނެކަމަށް މޯލްޑިވިއަނުން ބުނެއެވެ. އޭގެތެރޭގައި ބައެއް ކަހަލަ ޓެސްޓްތައް ހެދުންވެސް ހިމެނެެެވެ.
ނަވޮލޮކާއިން ލިބޭ ހިދުމަތްތައް
- މެޑިކަލް ކޮންސަލްޓޭޝަން އެންޑް މެޑިކަލް ހީސްޓްރީ އިވެލުއޭޝަން (މެޑިކަލް ޑޮކްޓަރަކާއެކު)
- ބޮޑީ މާސް އިންޑެކްސް ޓެސްޓާއި ވިޝަން ޓެސްޓް
- ދަތުގެ ޗެކްއަޕް ހެދުން
- ކްލިނިކަލް ޑައިޓީޝަން އާއި މަޝްވަރާކުރުން
- ލެބޯޓްރީ ޓެސްޓްތަކުން %15 ޑިސްކައުންޓް (އޯޕީޑީ ބެސިސް)
- އެކްސްރޭއިން %5 ޑިސްކައުންޓް
- ޚާއްޞަ ޑިސްކައުންޓް ލިބޭ ހެލްތު ސްކްރީނިން ޕެކޭޖްތައް
މޯލްޑިވިއަނުން ވަނީ މިމަހު ހަނިމާދޫ އެއާޕޯޓުން އިންޑިއާގެ ޓްރިވެންޑްރަމަށް ކުރާ ދަތުރުތައްވެސް ފަށާފައެވެ.