ads
ޝަމްހާ ކުރީގެ ރޭހަކަށް ފަހު
ޝަމްހާ އަނެއްކާވެސް ރެކޯޑެއް
ޖަރުމަނުގެ ސީގްބާގްގައި ކުރިއަށް ދިޔަ 10،000 މީޓަރުގެ ރޭހުގައި ވާދަކޮށް، ޝަމްހާ އަހްމަދު، ރާއްޖޭގެ ގައުމީ ރެކޯޑު މުގުރާލައިފިއެވެ.

ޖަރުމަނުގެ ސީގްބާގްގައި ކުރިއަށް ދިޔަ 10،000 މީޓަރުގެ ރޭސް ޝަމްހާ ނިންމީ 40 މިނެޓާއި 18.49 ސިކުންތުންނެވެ. އެ އިވެންޓްގެ ރެކޯޑް މިހާރު ދަމަހައްޓަމުން ދަނީ މަރްޔަމް އަބްދުލް ކަރީމް (މަރީ) އެވެ. އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓް މެރަތަންގައި ވާދަކޮށް، 10،000 މީޓަރު މަރީ ނިންމީ 44 މިނެޓާއި ހަތް ސިކުންތުންނެވެ.

ޝަމްހާ، މަރީގެ ރެކޯޑް މުގުރާލި ނަމަވެސް، އޭނާގެ ރެކޯޑް ގައުމީ ރެކޯޑެއްގެ ގޮތުގައި އަދި ކަނޑައަޅާފައެއް ނުވެ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމްހާގެ ރެކޯޑް ގައުމީ ރެކޯޑެއްގައި އަދި ބަލައިގެނަފައި ނުވަނީ މިކްސް އިވެންޓަކަށް ވުމުންނެވެ. މިހާރު ގަވާއިދު އޮތް ގޮތުން މިކްސްޑް ޖެންޑާ އިވެންޓްތަކުގެ ރެކޯޑް ބަލައިގަތުމުގެ އުސޫލެއް ނެތެވެ. އެހެންނަމަވެސް ޝަމްހާގެ މި ރެކޯޑް ގައުމީ ރެކޯޑެއްގެ ގޮތުގައި ރިކޮގްނައިޒް ކުރުމަށް އެތްލެޓިކްސް އެސޯސިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް