ads
ރިއަލްގެ ކުޅުންތެރިން
އެލް ކްލެސިކޯ ނަގައި ރިއާލް ލީގު ޗެމްޕިއަންކަމާ ދިމާލަށް
ފަހު ވަގުތު ޖެހި ލަނޑާއެކު އެލް ކްލަސިކޯ މެޗު ކާމިޔާބުކޮށް، ސްޕެނިޝް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު ރިއަލް މެޑްރިޑުން ބޮޑު ކޮށްފިއެވެ.

ރޭ ކުޅުނު އެލް ކްލަސިކޯ މެޗުގައި ފަހު ވަގުތު ރިއާލް މެޑްރިޑް މޮޅުވީ ތިން ލަނޑު ދެ ލަނޑުންނެވެ. 

މި މެޗުން މޮޅުވުމުން، ލީގުގެ އެއް ވަނައިގައި އޮތް ރެއާލަށް ލީގު ކާމިޔާބުކުރަން ބާކީ އޮތް ހަ މެޗުން ދެން ބޭނުންވަނީ ތިން މޮޅެވެ. 

ރެއާލް އޮތީ އެންމެ ފަހުގެ ލީގު ޗެމްޕިއަން، ބާސެލޯނާ އަށް ވުރެ 11 ޕޮއިންޓު ކުރީގަ އެވެ. ރެއާލަށް 32 މެޗުން 81 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 32 މެޗުން ވަނީ 70 ޕޮއިންޓް ލިބިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް