ads
ރައީސް މުއިއްޒު
އިދިކޮޅުގެ ދޮގު ދޮލަނގުތަކުން އެކައްޗެއްވެސް ރައްޔިތުން ނުގަތް: ހީނާ
އިދިކޮޅުން ދޮގު ދޮލަނގުތަކަށް އެކި ބާވަތްތައް އަޅައިގެން ވިއްކަން ނުކުތަސް ރައްޔިތުންނަށް އެތަކެތި ބަލައިނުގަންކަމަށް ޕީއެންސީގެ މަޖިލިސް ތަރުޖަމާނު ހިނާ ވަލީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުން ލިބުނު ކާމިޔާބީ ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ އިންތިޚާބުގެ ނަތީޖާއިން ޔަގީންވެގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ރައްޔިތުންގެ އިތުބާރާއި ލޯބި އޮތްކަންކަމަށާއި އެމަނިކުފާނުގެ ސިޔާސަތުތަކަށް ރައްޔިތުން ތާއީދުކުރާކަންކަމަށެވެ. އަދި މިކުޑަ ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުންނަށްޓަކައި ރައީސް މުއިއްޒު ކޮށްދެއްވި ކަންކަން ރައްޔިތުން ބަލައިގެންކަންވެސް ހީނާ ވިދާޅުވިއެވެ. 

" ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއިން ސާފުވެގެން ދިޔައީ ރައްޔިތުން 5 އަހަރު ދުވަހަށް ވެރިއަކު ހޮވާ ޒިއްމާތަކެއް ޙަވާލުކުރެވިފައިވަނިކޮށް ޙީލަތްތެރި ރޭވުންތަކުގެ ތެރެއިން ރައީސް އަޒުލުކުރަން ރައްޔިތުން ޖާގައެއް ނުދޭނެކަން. ރައްޔިތުން މި ޤައުމުގައި ހަމަޖެހުމާއި އަމާންކަން ދެމިއޮންނަން ބޭނުންވާކަން." ހީނާ ވިދާޅުވިއެވެ.

ހީނާ ވަނީ މަޖިލިސް އިންތިހާބުގައި އިދިކޮޅު ހިންގި ކެމްޕެއިންވެސް ފާަޑު ވިދާޅުވެފައެވެ. އެގޮތުން ރައީސް މުއިއްޒުގެ އަބުރު ކަތިލުމަށް ދޮގު ވާހަކަތައް ދައްކާ އެންޓި ކެމްޕެއިން ކުރިނަމަވެސް ރައްޔިތުންނަށް ހަގީގަތް ވަރަށް ސާފުކަމަށް ހީނާ ވިދާޅުވިއެވެ.  

" ދޮގު ދޮލަނގުތަކަށް އެކި ބާވަތްތައް އަޅައިގެން ވިއްކަން ނުކުތަސް، އެކި ދިމަދިމާލުން ނުކުމެ ރައީސްގެ އަބުރު ކަތިލާ އެއްވެސް އަމާޒެއް ސިޔާސަތެއްނެތި އެންޓި ކެމްޕެއިނެއް ކުރިއަސް، އިދިކޮޅު އެންމެ ބައިވެރިވެގެން އެމަނިކުފާނުގެ ބޮލުގައި ދޮގު އިލްޒާމް އަޅުވަން އެކި ރިޕޯޓް ނެރުނަސް، އެކި ދިމަދިމާލަށް މަންދޫބުން ފޮނުވައިގެން އެކިކަހަލަ އުކުޅުތައް ބޭނުންކުރިޔަސް، ދޮގާ މަކަރާ ޙީލަތް ރައްޔިތުން ބަލައިނުގަންނަކަން." އިދިކޮޅަށް ފާޑު ވިދާޅުވެ ހީނާ ފާހަގަކުރެއްވިއެވެ.

ހީނާ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެކަމަށެވެ. 

އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުން ސަރުކާރު ހިންގާ ޕީއެންސީ ވަނީ 66 ގޮނޑި ކާމިޔާބުކޮށް ތާރީހީ މޮޅެެއް ހޯދާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް