ads
މަޖިލިސް އިންތިހާޞު ކަވަރުކުރަން ރާއްޖޭގައި ހަރަކާތްތެރިވި ބައިނަލްއަގުވާމީ އޮބްޒާވަރުން
އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ވަރަށް ފުރިހަމަ ކަމަށް އޮބްޒާވަރުން ހާމަކޮށްފި
އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރީ ރެޖިސްޓްރޭޝަންގެ ކަނކަަން ވަރަށް ފުރިހަމައަށް ކުރިއަށްގެންދިޔަކަމަށް ރާއްޖެއަށް ވަޑައިގަތް ބައިނަލްއަގްވާމީ އޮބްސާވަރުން ހާމަކޮށްފި އެވެ.

އިންތިހާބުގައި ރީރެޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްގެންދިޔައީ ވަރަށް ފުރިހަމައަށް ކަން ވިދާޅުވެ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޮބްސާވަރުން ވަނީ އިންތިހާބުގައި ފާހަގަކޮށްލެވުނު މުހިއްމު ކަނކަަމުގެ މައްޗަށް އަލިއަލުއްވާލާފާ އެވެ.

19 އޮބްސާވަރުން ހިމެނޭ ޓީމެއް ރާއްޖެއަށް ވަޑައިގަނެ 4 ޓީމަކަށް ބަހާލައިގެން އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށް ވަނީ ރާއްޖޭގެ އެކ ސަރަހައްދުތަކަަށް ދަތުރުކޮށްފައެވެ. އެގޮތުން ހުރިހާ ކަމެއް ކަނޑައެޅިފައިވާ ގަނޑިތަކަށް ކަނަކަން ހިނގައި ދިޔަމަށާއި އިންތިހާބުގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ހަަމަ ހިމޭންކޮށް ވަރަށް ތަރުތީބަށް ކަަމަށް ކަން އޮބްސާވަރުން ފާހަގަކުރެއްވި އެވެ.

"މިއީ އިންތިޒާމުތައް ވަރަށް ރަނގަޅު، ވަރަށް ފުރިހަމަ އިންތިހާބެއް. އަހަރެމެން އަނބުރާ މިދަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން. އެންމެ ޝަކުވާއެއް ވެސް އިންތިހާބާ ގުޅިގެން އަޑުއަހަން ޖެހިފައި ނުވުމަކީ ވަރަށް އުފާކުރާ ކަމެއް،" އިންޑިއާގެ ކުރީގެ އިލެކްޝަންސް ކޮމިޝަނުގެ ވެރިޔާގެ މަގާމު ވެސް ފުރުއްވާފައިވާ ޝަހާބުއްދީން ވިދާޅުވި އެވެ.

ޖަލުތަކުގައި ވޯޓު ލުން ކުރިއަށް ގެންދިއަ ގޮތާއި މެދު ތައުރީފުކުރައްވަމުން އޮބްސާވަރުން ވަނީ އެތަންތާ ހެނދުނު 10 ޖެހި އިރު ވޯޓުލުން ނިމިގެންގޮސްފައިވާކަމަށް ފާހަަގޮށްފައި އެވެ. އަދި އިންތިހާބުގެ ކަންކަމުގައި ގާތްގަނޑަށް 90 އިންސައްތަ ސްޓާފުން ނަކީ އަންހހެނުންކަމަށް ފާހަކޮށް އެކަމާ ފަހުރުވެރިވާކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ވޯޓުތައް ގުނަން ފެށީވެސް ކަނޑައަޅާފައިވާ ގަނޑިއަށްކަމަށް އޮބްސާވަރުން ވަނީ ފާހަގަކޮށްފަ އެވެ. 

އެ ޓީމުގައި ހިމެނޭ ބޫޓާންގެ އިލެކްޝަންސް ކޮމިޝަނުގެ އޮބްޒާވަރު ގޮވިންދާ ސުބިދާ ވެސް ވަނީ އިންތިހާބުގެ ކަންކަން އިންތިޒާމުކޮށްފައިވާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމެޖެހޭކަން ފާހަގަކުރައްވައި އީސީއަށް ތައުރީފް ކުރައްވާފަ އެވެ. އަދި އެ އިންތިޒާމުތައް ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް އެގޮތަށް ކުރިއަށް ގެންދިއުމަށް އޭނާ އީސީއަށް އިލްތިމާސްކުރެއްވި އެވެ.

"އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގައި ވޯޓުލާ ފަރާތްތަކަށް އިންތިޒާމުތައް ހަމަޖައްސާފައި ހުރި ގޮތާ މެދު ވަރަށް ބޮޑަށް ހިތްމަޖެހޭ. އޮންލައިންކޮށް ވޯޓިންގެ ރަޖިސްޓްރީ ހަމަޖައްސާފައިވުމަކީ ވެސް ވަރަށް އިމްޕްރެސިވް ކަމެއް. މިއީ އަހަރެމެންގެ ގައުމުގައި ވެސް ކުރެވިދާނެ، ރަނގަޅު އިންތިޒާމެއް ކަމަށް ދެކެން،" ގޮވިންދާ ވިދާޅުވި އެވެ.

ވާދަވެރިކަމާއިއެކު އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ ޕީއެންސިއަށް ލިބިފައިވަނީ 66 ގޮނޑިއެވެ. އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީ ޢެމްޑީޕީން ކާމިޔާބުކޮށްފައިވަނީ އެނމެ 12 ގޮނޑި އެވެ. މީގެއިތުރުން ދަ ޑިމޮކްރެޓްސް، އަދާލަތު ޕާޓި އަދި ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕާޓީ، ޕީއެންއެފްއަށް އެއްވެސް ގޮނޑިއެއް ކާމޔާބުކުރެވިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް