ads
33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަން ގާނޫނުއަސާސީއަށް އިސްލާހެއް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދުގެ ތެރެއިން 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރުމަށް ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށައެޅުއްވީ ރައްޔިތުން މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ. އޭނާ އިސްލާހު ހުށައަޅުއްވާފައިވަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރުތަކެއް އިތުރު ކުރުމަށެވެ. އެއީ ރައްޔިތުން މަޖިލީހުގެ މެމްބަރުން ކަނޑައަޅަންވީ ގޮތް ގާނޫނު އަސާސީގައި ބުނާ މާއްދާއެވެ. 

ރޮޒައިނާ ހުށައެޅުއްވި އިސްލާހުގައި ބުނާ ކަންކަން

  • މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރަންޖެހޭ 
  • އަންހެން މެމްބަރުންނަށް ދޭ ދާއިރާތައް ކަނޑައަޅާނީ ގުރުއަތުން 
  • ކަނޑައަޅާ ދާއިރާތައް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންާގޮތަށް ، މިކަމަށް ގާނޫނެއް ވަކިން ހަދަންޖެހޭނެ

ރޮޒައިނާގެ އިސްލާހުގައިވާ ގޮތުން މި އިސްލާާއި އެކު ހެދޭ ގާނޫނަށް އަމަލުކުރަން ފަށާ ހިސާބުން ދެން އިއުލާންކުރާ މަޖިލީހުގެ އިންތިހާބު ބާއްވަންޖެހޭނީ އެ އުސޫލަށެވެ. މި ބިލްގެ ފުރަތަމަ ކިޔުންވަނީ މިއަދު މަޖިލީހަށް ހުށައަޅާފައެވެ. 

ރޮޒައިނާ ވިދާޅުވީ މި އިސްލާހު ހުށައެޅުވުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ ތެރޭގައި އަންހެނުންގެ ދައުރާއި ހިއްސާ ކަށަވަރުކުރުންކަމަށެވެ. އަދި ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް ގައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުންކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ. މީގެއިތުރުން ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތައް ހުޅުވާލަދީ ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުންވެސް އެއީ އިސްލާހުގެ މަގުސަދެއްގެ ގޮތގައި ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ. 

އަލަށް އިންތިހާބު ކުރި 20 ވަނަ ރައްޔިތުން މަޖިލީހުގައި ތިއްބަވާނީ އެންމެ 3 އަންހެން މެމްބަރުންނެވެ. މީ މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހަށްވުރެވެސް މަދު އަދަދެކެވެ. މި ދައުރުގައި ތިއްބެވި އަންހެން މެމްބަރުންގެ އަދަދަކީ 4 އެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް