އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައްޔިތުން މަޖިލީހަށް އަލަށް ހޮވުނު މެމްބަރުން އެ މިނިސްޓްރީއާ ގުޅޭ ކަންކަމުގައި ގުޅަން ހާއްސަ މަންދޫބެއް ހަމަޖައްސާފައިވާކަމަށެވެ. އެ މަންދޫބަކީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރު ޔާސީން ނައީމްކަމަށް ޑރ ޝަހީމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވިއެވެ.
ޔާސީން ނައީމަކީ މިފަހަު ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ސައުދުالله ހިލްމީ ގެ ކޮއްކޯފުޅެވެ. އަދި ޑރ. ޝަހީމްގެ އާއިލާއިން ކުރެއްވި ރަނުގެ ވިޔަފާރީގެ ހިސާބު ކަންކަން ބެލެހެއްޓުމުގައި އެ ކުންފުނީގައި އިސްކޮށް ހުންނެވީވެސް ޔާސިން ނައީމްއެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ އެ މިނިސްޓްރީން ކަނޑައެޅި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރަށް ގުޅުމުން، ރައީސް ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެން ގޮތަށް އިސްލާމިކް މިނިސްޓްރީން ބޭނުންފުޅުވާ ހުރިހާ ޚިދުމަތެއް ދާއިރާތަކަށް ވީ އެންމެ އަވަހަކަށް ފޯރުކޮށްދެވޭނެކަމަށެވެ.
އިސްލާމިކް މިނިސްޓްރީގައި ސިޔާސީ މަގާމުތަކުގައި 21 ބޭފުޅުން އެބަ ތިއްބެވިއެވެ. އޭގެތެރޭގައި މިނިސްޓަރުން ފެންވަރުންގެ ބޭފުޅުން ފެށިގެން ޕޮލިޓިކަލް ޑިރެކްޓްރަންނާއި ހަމައަށް ސިޔާސީ މަގާމުތައް އެބަހުއްޓެވެ.
އިސްލާމިކް މިނިސްޓްރީގެ ސިޔާސީ މަގާމުތައް
- 1 ބޭފުޅަކު - މިނިސްޓަރުން ފެންވަރުގެ
- 2 ބޭފުޅަކު - ސްޓޭޓް މިނިސްޓަރުން ފެންވަރުގެ
- 9 ބޭފުޅަކު - ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގައި
- 3 ބޭފުޅަކު - ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން ފެންވަރުގައި
- 6 ބޭފުޅަކު - ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި
މިިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖލީހުގެ އިންތިހާބުގައި 66 ގޮނޑި ވެރިކަން ކުރާ ޕީއެންސީ ހޯދާ ތާރީހީ މޮޅެއް އެޕާޓީން ވަނީ ހޯދާފައެވެ.