ads
ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
އަޅުގަނޑު ވެރިކަން ބޭނުންވެގެން ނޫޅޭނެކަން އެންމެންނަށް ވެސް އެނގޭނެ: އަދުރޭ
ވެރިކަން ބޭނުންވެގެން ނޫޅޭކަމަށާއި، ޕާޓީގެ ލީޑަރުންނަށް ވެސް އެކަން އެނގިވަޑައިގަންނަވާނޭ ކަމަށް ރައީސްގެ ހާއްސަ އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މިދިޔަ ފަސް އަހަރު ޕާޓީގެ ލީޑާޝިޕްގައި ތިބީ އެއް ފިކުރުގެ މީހުން ކަމަށެވެ. އަދި އެއީ މަސައްކަތް ކުރަން ފަސޭހަވި ސަބަބެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އޭރު އެ ޕާޓީގެ މަސައްކަތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރީ އޭނާ ކަމަށާއި، އޭނާ ވެރިކަން ބޭނުންވެގެން ނޫޅޭކަން ކައިރީގައި ތިބި ހުރިހާ ބޭފުޅުންނަށް އޭރުވެސް އެނގިވަޑައިގަންނަވާނޭ ކަމަށެވެ.

"އަޅުގަނޑާ އެކުގައި މަސައްކަތްކުރެއްވި ހުރިހާ ލީޑަރުންނަށް އެނގިވަޑައިގަންނަވާ، އެ ބޭފުޅުން ގަބޫލުފުޅުކުރައްވާ، އަޅުގަނޑު ދިވެހިރާއްޖޭގެ ވެރިކަމަށް ކުރިމަތިލައިގެން ވެރިކަން ހޯދަން ނޫޅޭނެކަން." އަދުރޭ ވިދާޅުވި އެވެ.

އެހެންކަމުން އެހެން ލީޑާޝިޕްގެ އެހެން ބޭފުޅުންގެ ހިތުގައި އަބްދުއްރަހީމާ މެދު އެއްވެސް ހިތްހަމަނުޖެހުމެއް ނުވަތަ އެކަހެރިކުރުމުގެ ވިސްނުމެއް ވެސް ނޯންނާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި މުޅި ލީޑާޝިޕް އޭނާއަށް 100 އިންސައްތަ ދިންކަމަށް އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނެވުމަށް ކުރެއްވި ކެމްޕެއިނުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ އަބްދުއްރަހީމެވެ. އަދި އޭނާ ފާހަގަވެފައިވަނީ މި ސަރުކާރުގައި ބާރުގަދަ ބޭފުޅެއްގެ ގޮތުގަ އެވެ.

އަބްދުއްރަހީމަކީ މީގެކުރިން ރައީސް ޔާމީންގެ ދިފާއުގައި ވެސް އެންމެ ވަރުގަދައަށް މަސައްކަތް ކުރައްވައި ވަކާލާތު ކުރެއްވި އެއް ބޭފުޅެކެވެ. ނަމަވެސް ރައީސް ޑރ. މުއިއްޒު ވެރިކަމަށް އިންތިހާބުވެވަޑައިގަތުމާއެކު ކަންކަން ބަދަލުވެ، ޔާމީނާއި ޕީޕީއެމްގެ ލީޑާޝިޕާ މައްސަލަ އުފެދުނެވެ. ނަތީޖާއެއްގެ ގޮތުން ޔާމީން އިސްވެ ހުންނަވައި ޕީއެންއެފްގެ ނަމުގައި އާ ޕާޓީއެއް ވަނީ އުފައްދާފަ އެވެ. އަދި އެ ޕާޓީގެ ލީޑަޝިޕުން ދަނީ އަބްދުއްރަހީމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް