ads
ޒަކާތުގެ ހައުސްގެ މުވައްޒަފުން ޒަކާތް ބެހުމުގައި
ބޭރުގައި ހާލުގައި ޖެހުނު އާއިލާތަކަށް ޒަކާތުން 2ލައްކަވުރެ ގިނަ ރުފިޔާ
ރާއްޖެެއިން ބޭރުގައި އުޅެނިކޮށް ހާލުގައި ޖެހުނު އާއިލާތަކަށް ޒަކާތު ފަންޑުން 2 ލައްކަ 84 ހާހަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް ޒަކާތު ހައުސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި "ޒަކާތުގެ ހައުސް" ގެ އިދާރާއެއް އުފެއްދެވީ މިއަހަރުގެ 2 ވަނަދުވަހުއެވެ. 

އެ އިދާރާއިން މާރިޗު މަހު ފައިސާ ބެހި ގޮތުގެ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ. އެ ހިސާބުތައް ދައްކާ ގޮތުން 284،604.00 ރުފިޔާ ހަރަދުކުރީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވަނިކޮށް ހާލުގައި ޖެހުނު އާއިލާތަކަށް އެ ހާލުން އަރައިގަތުމަށެވެ. 

ޒަކާތު ފައިސާއިން މިދޔަ މަހުވެސް އެންމެ ބޮޑު އެހީއެއް ދޫކުރީ ކެންސަރު ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ. މިގޮތުން މިިދިޔަ މާރިޗުމަގު 59 މީހަކަށް އެހީގެ ގޮތުގައި -/878،682.88 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. 

އެއް ބަޔަކަށް އެންމެ ގިނައިން އެހީ ދީފައިވަނީ ކެންސަރު ބަލީގެ މީހުންނަށެވެ. އެ ބައްޔަށް އެހީގެ ގޮތުގައި ޒަކާތު ފަންޑުން ވަނީ -/190،822.50 ރުފިޔާ ދޫކޮށްފައެވެ. ދެން އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ސިކުނޑީގެ އޮޕްރޭޝަންތައް ކުރުމަށެވެ.   މިކަމަށް -/180،407.19 ރުފިޔާ ވަނީ ދޫކޮށްފައެވެ. 

ޒަކާތުން ދެން އެހީ ހޯދައިވާ ބަލިތަކާއި ހޭދަވި އަދަދު 

  • ޓްރާންސްޕްލާންޓަށް -/25،443. ރުފިޔާ
  • ހިތުގެ އޮޕަރޭޝަނަށް -/8،481.00 ރުފިޔާ
  • އެހެނިހެން -/279،872،50 ރުފިޔާ

ހާއްސަ ހާލަތްތައް މެދުވެރިންގެން އެހީއަށް އެދި ހުށައެޅި މީހުންނަށް  -/17،207.65 ރުފިޔާ ޒަކާތު ހައުސް އިން ދޫކޮށްފައިވާކަންވެސް އެ ހައުސްގެ ދެވަނަ މަހުގެ ހިސާބުތަކުން ދައްކައެވެ. މި ހަރަދުތަކުގެ އިތުރުން ދެން ހަރަދު ހިންގާފައިވަނީ އެ ހައުސްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށާއި ސްކޮލާޝިޕްތަކަށެވެ. 

ޒަކާތުގެ ހައުސް މުވައްޒަފުންގެ މުސާރައަށް -/374،950.28 ރުފިޔާ ދޫކޮށްފައިވެއެވެ.ސްކޮލާޝިޕްތަކަށް ދޫކުރީ -/44،563.80 ރުފިޔާ ވަނީ ދޫކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް