ads
ކްރިިމިނަލް ކޯޓު
މަރުގެ މައްސަލައެއްގައި ހިމެނޭ ބަޔަކު ސަލާމަތްވެއްޖެ
މާރާމާރީއެއްގެ ތެރެއިން ވ. ކެޔޮދޫ، ދޭލިޔާގޭ މޫސާ އަހުމަދުގެ ގަޔަށް ވަޅި ޖަހާ އޭނާ މަރާލި މައްސަލާގައި ބައިވެރިވުމުގެ ދައުވާކޮށްފައިވާ މީހުންގެ ތެރެއިން އެކަކު ޖަލަށް ލުމަށް އަދި ދެން ތިބި މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މިއީ، 2017 ވަނަ އަހަރުގެ ތެރޭގައި މާފަންނު އައިޓަމްސް ފިހާރަ ކައިރީ ހިނގި މާރާމާރީއެއްގެ ތެރެއިން ވ. ކެޔޮދޫ، ދޭލިޔާގޭ އުމުރުން 19 އަހަރުގެ މޫސާ އަހުމަދުގެ ގަޔަށް ވަޅި ޖަހާ މަރާލި މައްސަލައެވެ. 

މި މައްސަލައިގައި މަރުގެ ދައުވާ އުފުލީ އދ. މާމިގިލީ, ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށެވެ. އޭނާއަށް ކުށް ސާބިތު ނުވާ ކަމަށް ޖެނުއަރީ މަހު ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުން ހުކުމްކުރީ މަރާލުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ އުފުލި ތިން މީހުންގެ މައްޗަށެވެ. އެއީ، ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަން، ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދެވެ. .

މި މައްސަލަ ބެއްލެވީ ގާޒީ އަލީ ނަދީމް މިއަދު ހުކުމްކުރެއްވީ އެ ތިން މީހުންގެ ތެރެއިން ދައުވާ ސާބިތުވަނީ އަލީ ހަސަންގެ މައްޗަށް އެކަނި ކަމަށެވެ. އެހެންވެ އަލީ ހަސަން 15 އަހަރުގެ ދުވަހަށް ޖަލަށް ލުމަށް މިއަދު ހުކުމް ކުރިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް