ads
މިދިޔަ މަޖިލީހުގެ އިންތިހާބުގެ ތެރެއިން
ދުވާފަރު ފޮށި އަލުން ގުނަންޖެހޭ ހާލަތެއް ނެތް : އީސީ
ދުވާފަރު ދާއިރާގެ ވޯޓު އަލުން ގުނަންޖެހޭ ހާލަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

4 ވޯޓްގެ ތަފާތު އޮތް ދުވާފަރު ދާއިރާގެ ފޮށި އަލުން ގުނާދިނުމަށް އެދުނީ ދާއިރާއަށްް ވާދަކޮށް ދެވަނަ އަށް ދިޔަ އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާންއެވެ. 

އިސީން ބުނީ ދުވާފަރު ވޯޓްގައި ފަރަގު ކުޑަވެގެން އަލުން ގުނަން އެދުނު ނަމަވެސް މިހާތަނަށް ބެލިބެލުމުން އެ ފޮށި އަލުން ގުނަން ޖެހޭ ހާލަތެއް ފެންނަން ނެތް ކަމަށެވެ.

your imageދުވާފަރު ދާއިރާއަށް ވާދަކުރި ކެންޑިޑޭޓުން 

މިދިޔަ އާދިއްތަ ދުވަހު ބޭއްވި މަޖިލީހުގެ އިންތިހާބުގެ ދުވާފަރު ދާއިރާގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެންމެ ހަތަރު ވޯޓްގެ ތަފާތުން އެ ދާއިރާ ކާމިޔާބު ކުރީ ސަރުކާރުން ކެންޑިޑޭޓް މުހައްމަދު އަލީއެވެ. އޭނާއަށް ލިބިފައިވަނީ 1074 ވޯޓްވެެ. 

މުހައްމަދު އަލީ އެންމެ ކައިރިން ވާދަކުރި އަމިއްލަ ކެންޑިޑޭޓް އިބްރާހިމް އަބްދުއްރަހްމާނަށް ލިބުނީ 1070 ވޯޓެވެ. 

ދުވާފަރު ދާއިރާއަށް ޖުމްލަ 4 ކެންޑިޑޭޓުން ވާދަކުރިއެވެ. އެ ދާއިރާއަށްް ދެން ވާދަކުރީ ޖުމްހޫރީ ޕާޓީން ނުކުތް، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނސްޓަރުން ކުރެއްވި އަޒްލީން އަހުމަދާއި އިދިކޮޅު އެމްޑީން ނުކުތް އިސްމާއިލް އަހުމަދުއެވެ. އަޒްލީނަށް އިންތިހާބުގައި ލިބުނީ 77 ވޯޓެވެ. އިސްމާއިލް އަހްމަދުއަށް ލިބުނީ 579 ވޯޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް