ads
އދ. ގެ ސްޕެޝަލް ރެޕަޓުއާ ރާއްޖޭގެ އެޗްއާރްސިއެމް އާއި އެކު
ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބިން ހިއްކުން: އދ
ބިން ހިއްކުމަކީ ރާއްޖޭގެ ތިމާވެއްޓަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށް އދ. ގެ ދުޅަހެޔޮ ތިމާވެއްޓެއް ލިބިގަތުމުގެ ހައްގާ ގުޅޭ ސްޕެޝަލް ރެޕަޓުއާ ޑޭވިޑް އާރް ބޮއިޑް ވިދާޅުވެއްޖެ އެވެ.
Advertisement

ބޮއިޑް ރާއްޖެއަށް ވަޑައިގަނެ، ކުރިއަށް ގެންދިޔަ 10 ދުވަހުގެ ތިމާވެށީގެ ދިރާސާއަކަށްފަހު ނެރުނު ރިޕޯޓުގައި ބޮއިޑް ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓާއި އިންސާނީ ހައްގުތަކާ އެންމެ ގުޅުންހުރި އެންމެ ހިޔާލު ތަފާތުވާ މައުލޫއަކީ ބިން ހިއްކުން ކަމަށެވެ.

ބޮއިޑް ވަނީ ރާއްޖޭގެ ބައެއް ރަށްރަށުގައި ބިން ބޮޑުކުރުމަށާއި އާ ރަށްތައް އުފެއްދުމަށް މޫދުން ވެލި ނެގުން ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ފާހަގަކޮށްފަ އެވެ. އެގޮތުން ބޯހިޔާވަހިކަމާއި އުމްރާނީ ކުރިއެރުން އަދި ސިނާއަތްތައް ތަރައްގީ ކުރުމަށްޓަކައި އިތުރު ބިން ބޭނުންވާ ކަމަށް އެޑްމިނިސްޓްރޭޝަނުން ބުނާ ކަމަށް ބޮއިޑް ފާހަގަކުރި އެވެ. އަދި ބިން ހިއްކުމަކީ ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ މޫސުމީ ބަދަލުތަކާ ފައިހަަމަ ކުރުމަށްޓަކައި ކުރަން ޖެހޭ ކަމެއްކަން މި އެޑްމިނިސްޓްރޭޝަނުން ވިދާޅުވާ ކަމަށް ވެސް ބޮއިޑް ވަނީ ފާހަގަކޮށްފަ އެވެ.

"ދިވެހިރާއްޖެ މިވަގުތު ތާށިވެފައި މިއޮތީ ވަރަށް އުނދަގޫ ފައްތަރެއްގައި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިރިހުރުމަށް ގޮންޖެހުން ކުރިމަތިވާ ހާލަތުން މި ނިކަމެތި ރަށްތައް ރައްކާތެރިކުރުމަށް އެއްވެސް ކަމެއް ނުކޮށް ތިބުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫން، ހަމަ އެ އާއެކު ބިން ހިއްކުމަކީ ވެސް އޭގެ ޒާތުގައި ބޮޑެތި މައްސަލަތަކެއް ކުރިމަތިކުރުވާ ގުދުރަތީގޮތުން ލައްވާފައިވާ ދިފާއީ ނިޒާމަށް ގެއްލުންދޭ ކަމެއް،" ބޮއިޑް ވިދާޅުވި އެވެ.

ބޮއިޑް އިތުރަށް ވިދާޅުވެފައި ވަނީ ބިން ހިއްކުމަކީ ކަނޑުގެ ދިރުންތައް ނެތިކޮށްލާ އަދި ގައުމަށް ކޮންމެ އަހަރަކު އެތައް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާ ސަބަބު ކަމަށްވާ ތިމާވެއްޓާއި ދިރޭ ތަކެތީގެ ވެށި ހަލާކުކޮށްލާ ކަމެއް ކަމަށެވެ.

މީގެ އިތުރުން ހަގީގީ މާނައިގައި ދެމެހެއްޓެނެވި ގޮތަކަށް އަދި މުޖުތަމައުގެ ބައިވެރިވުމާއި އެހީތެރިކަމާ އެކު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިނަމަ އެކަން ވެގެން ދާނީ ތިމާވެށީގެ ކުއްލި ހާލަތުން ކުރެވޭ ނެދެވޭ އަސަރުތަކާ ފައިހަަމަކޮށް އެ ކަންކަމުން ދިފާއުވުމަށް ލިބޭ ވަރަށް އަގުހުރި މެދުވެރިއަކަށް ކަމަށް ބޮއިޑް ވަނީ ވިދާޅުވެފަ އެވެ.

ސްޕެޝަލް ރެޕަޓުއަރުންނާއި ވޯކިން ގްރޫޕުތަކަކީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ސްޕެޝަލް ޕްރޮސީޖާގެ ބައެކެވެ. އދ. ގެ އިންސާނީ ނިޒާމުގެ ތެރޭގައި މިނިވަން ހަބީރުން އެންމެ ގިނައިން ހިމެނޭ އެންމެ ބޮޑު ގުނަވަން ކަމަށްވާ ސްޕެޝަލް ޕްރޮސީޖާޒްއަކީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގައި މިނިވަންކަމާ އެކު ކަންކަން ބަލާ ހޯދާ އަދި މޮނީޓާ ކުރުމަށް ކިޔާ އާންމު ނަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް