ads
ނަޑާލް
އެނބުރި އައިސް ނަޑާލްއަށް ރަނގަޅު ފެށުމެއް
އިންޖަރީގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް، ރެފެއަލް ނަޑާލް މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެއެވެ.

އިންޖަރީއަށް ފަހު އެނބުރި އައިސް މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގައި ނަޑާލް ކުޅުނު ފުރަތަމަ މެޗުން މޮޅުވީ އެމެރިކާގެ ޑާވިން ބްލަންޗް އަތުންނެވެ. މި މެޗުން ނަޑާލް މޮޅުވީ 6-1 އަދި 6-0 އިންނެވެ. މި މެޗުން މޮޅުވިއިރު، ކުރިން ބެލެވުނީ މި މުބާރާތުގައި ނަޑާލް ނުވެސް ކުޅޭނެ ކަމަށެވެ.

މި އަހަރަށްފަހު ނަޑާލް ޓެނިސް ކުޅުން ހުއްޓާލާނެކަން އޭނާ ވަނީ އިއުލާންކޮށްފަ އެވެ.

ނަޑާލް އަކީ ފްރެންޗް އޯޕަން އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ މުބާރާތް 14 ފަހަރު ކާމިޔާބު ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް