ads
ގައްޒާއިން ފެނުނު ކައްވަޅުގެ ތެރޭގައި އޮތް މީހެއް. ފޮޓޯ: ޓައިމްސް އޮފް ގާޒާ
އައްޒާއިން ފެނުނު ކަށްވަޅު: އެއްބަޔަކު ވަޅުލާފައިވަނީ ދިރި ތިއްބާ
ގައްޒާގެ ހާންޔޫނިސްގެ އަލް-ނަސްރާއި އަލް-ޝިފާ ހޮސްޕިޓަލް ކައިރިން ފެނުނު ކަށްވަޅުތަކުގެ ތެރެއިން މިހާތަނަށް 392 ހަށިގަނޑު ފެނިއްޖެއެވެ.

ގިނަ އަދަދެއްގެ މީހުން ވަޅުލާފައިވާ މި ވަޅުތައް ފެނިފައިވަނީ ހައްދު ފަހަނާއެޅި ޔަހޫދީ ފައުޖުތަކުގެ ސިފައިން އެ ސަރަހައްދުގައި ގަތުލު އާންމު ހިންގުމަށް ފަހު އެ ހިސާބު ދޫކޮށް ފޭބި ފަހުންނެވެ.

ކަށްވަޅުތަކުން ފެނުނު މީހުންގެ ތެރެއިން ބައެއް މީހުން ވަޅުލާފައި ވަނީ ދިރި ތިއްބާކަން އެނގޭކަމަށް ރިޕޯޓްތައް ބުނެއެވެ. މި ގޮތުން މިހާތަނަށް ބެލި ބެލުމުން 20 މީހަކު ވަޅުލާފައިވަނީ ދިރި ތިއްބާކަން ވަނީ ބެލެވިފައިކަމަށައި މިއަދަދު އިތުރުވާނެކަމަށް  ގައްޒާގެ މަދަނީ ސަލާމަތާއި ބެހޭ އިދާރާއިން ބުނެއެވެ. މި ކަށްވަޅުން ފެނުނު މީހުންގެ ތެރެއިން މިހާތަނަށް އެއީ ކާކުކަން އަދި ދެނެގަނެވިފައިވަނީ އެންމެ 65 މީހެކެވެ. 

މި ކަށްވަޅުން މަރުވެފައި ތިއްބާ ފެނުނު މީހުންނަކީ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދިޔަ މީހުންކަމަށް ގައްޒާގެ މަދަނީ ސަލާމަތާއި ބެހޭ އިދާރާއިން ބުނެއެވެ. އެމީހުން ތިބީ ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓްކުރާ ހެދުމުގައެވެ. އަދި ބައެއް މީހުން ގައިން އެމީހުންނަށް ފަރުވާ ދިނުމަށް ގުޅާފައިވާ ޓިއުބްތަކާއި ހޮޅިތައްވެސް ފެންނާން ހުުއްޓެވެ.

މި ކަށްވަޅުތަކުގެ މައްސަލަ ބެލުމަށް ހިއުމަން ރައިޓްސް ވޮޗްގެ ޓީމުންތަކުން ކުރަމުންދާ މަސައްކަތްތަކަށް އިޒްރާއީލުން ހުރަސް އަޅަމުން ދާކަމަށް އެ ޖަމްއިއްޔާއިން އަންނަނީ ބުނަމުންނެވެ. 

މި ކަށްވަޅުތަކުގެ މައްސަލަ ބަލައިދޭން ފަލަސްތީނުން ވަނީ އ.ދ އަށް ގޮވާލާފައެވެ. އަދި މިކަން ބަލާ އިޒްރާއީލަށް ފިޔަވަޅު އަޅާ ދިނުމަށް ގޮވާލާ ދުނިޔޭގެ އެކި ހިސާބުގައި އަންނަނީ މުޒާހަރާތައް ވެސް ކުރަމުންނެވެ. އޭގެ ތެރޭގައި ޔަހޫދީންނަށް ހިތްވަރުދެމުން އަންނަ ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި އެމެރިކާވެސް ހިމެނެއެވެ.

ގައްޒާގެ ތެރެއިން މުސްލިމު ން ޝަހީދުކޮށް ވަޅުލާފައިވާ ކަށްވަޅަޅުތަކެއް ފެނިފައި މިވަނީ އިޒްރާއީލުގެ ޒައިނިސްޓް ޔަހޫދީން ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ އިންސާނިއްޔަތާއި ހިލާފު އަމަލުތަކާއި ގުޅޭ މައްސަލަތައް ދުނިޔޭގެ ޖިނާއީ ކޯޓް (އައިސީސީ) އިން ބަލާ ތަހުގީގުކުރަމުން ދަނިކޮށެވެ.

ގައްޒާގެ މުސްލިމުން ނެތިކޮށްލަން މިިދޔ ައަހަރުގެ އޮކްޓޫބަރުމަހުގެ 7 ވަނަދުވަހު ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ އުދުވާނުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދުވަނީ 34،305 އަރާފައެވެ. އެއްވެސް ރަހުމެތް ނެތި ޝަހީދުކޮށްލި ކުޑަކުދިންގެ އަދަދު 14،500 އަރައެވެ. އިޒްރާއިލް ސިފައިންގެ ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު އުޅެނީ 77 ހާހުން މަތީގައެވެ. އަދި ވީނުވީއެއް ނޭނގި ގެއްލުނު މީހުންގެ އަދަދު 8 ހާހުން މައްޗަށް އަރައެވެ. 

0%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
88%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް