ads
ނިލަންދޫއިން ސައުދާއަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔަނީ
ރައީސް ކޮއްކޯފުޅު ސައުދާގެ ކާމިޔާބު ފާހަގަކުރަން ނިލަންދޫގައި ހަވާ އަރުވައިފި
މިިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ހޯއްދެވި ކާމިޔާބު ފާހަގަކުރަން ނިލަންދޫގައި ހަވާ އަރުވައިފިއެވެ.

ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ސައުދާ އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ 1137 ވޯޓުންނެވެ. އެއީ އެ ދާއިރާއަށް ވޯޓްލެވޭ މީހުންގެ 64.71 އިންސައްތަ އެވެ. 

your imageދަރަބޫންދޫ ރައްޔިތުން ސައުދާއަށް މަރުހަބާ ކިޔަނީ. ފޮޓޯ: ދ. ނިއުސް

ސައުދާއަށް ލިބުނު ކާމިޔާވީ ފާހަގަކުރައްވަން އޭނާ ގެންދަވަނީ ދާއިރާގެ ރަށްތަކަށް ދަތުރުކުރައްވަމުންނެވެ. އެރަށްތަކުން އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. ރަށްތަކުން ސައުދާއަށް ވަނީ ރަތް ދޫލައިގެ މަރުހަބާ ކިޔާފައެވެ. 

ސައުދާއަށް ލިބިވަޑއިގެންނެވި ކާމިޔާބީ ފާހަގަކުރަން ރޭ ވަނީ ނިލަންދޫގައި ހަވާވެސް އަރުވާފައެވެ. 

ނިލަންދޫ ދާއިރާއަށް ސައުދާއަށް ޕީއެންސީގެ ޓިކެޓް ލިބިފައިވަނީ އެއްވެސް ޕްރައިމެރީއަކާއި ނުލައެވެ. އެ ދާއިރާގައި ސައުދާއާ ވާދަކުރީ އަމިއްލަ ގޮތުން ނުކުތް ކެންޑިޑޭޓެކެވެ. އޭނާގެ މައްޗަށް ސައުދާ ކުރި ހޯދީ 517 ވޯޓްގެ ބޮޑު ތަފާތަކުންނެވެ.

ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޮފުޅު ފާތިމަތު ސައުދާ އަކީ އިންޑިޔާއިންނާއި އިގިރޭސި ވިލާތުން ސައިކޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައގެން ހުއްނެވި ބޭފުޅެކެވެ. ސައުދާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމުތައް ފުރުއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް