ads
ފޭދޫގެ މަގުތަކުގައި ފެން ބޮޑުވެފަ -- ފޮޓޯ:އެމްއެންޑީއެފް
ބޯކޮށް ވާރޭވެހި ފޭދޫގެ މަގުތަކުގައި ފެންބޮޑުވެއްޖެ
ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ސ.ފޭދޫގައި ފެންބޮޑުވެއްޖެ އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ ގެތަކަށް ފެންވަދެ ގެއްލުން ލިބެމުންދާ ކަމަށާއި މިވަގުތު ފޭދޫގެ 30 އަށް ވުރެގިނަ ގެއަށް ފެންވަދެ އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. 

މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ އައްޑޫ އާއި ފުވައްމުލަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައިވަނީ މިރޭ 12:30 އާއި ހަމައަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެމްއެންޑީއެފުން ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން ބޯކޮށް ވެހުނު ވާރޭގެ ސަބަބުން ފޭދޫގެ މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އެހެންވެ، ހިތަދޫ ފަޔާ ސްޓޭޝަނާއި އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުންދާ ކަމަށް އެ ޕޯސްޓުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް