ads
ބީއެމްއެލްގެ އަހަރުގެ އެންމެ މޮޅު މުވައްޒަފުގެ ޝަރަފުވެރި އެވޯޑު ހޯދި މުހައްމަދު ޝާއިގް އަހުމަދަށް އެވޮޑް ހަވާލުކުރަނީ
ބީއެމްއެލްގެ އެންމެ މޮޅު މުވައްޒަފުގެ އެވޯޑް ޝާއިގަށް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފާހަގަކޮށްލެވޭ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފިއެވެ.

އެ ބޭންކްގެ މުވައްޒަފުންގެ އަގުވަޒަން ކުރުުމުގެ ގޮތުން ބާއްވާ އަހަރަރީ އިނާމު ދިނުމުގެ ހަފްލާ ބާއްވާފައިވަނީ ރޭ ކްރޮސްރޯޑްގައެވެ. މި ހަފްލާގައި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓޫމްކޭގެ އިތުރުން ޑިރެކްޓަރުންގެ ބޯޑާއި މެނޭޖްމަންޓުގެ މެންބަރުން ވަނީ ބައިވެރިވެފައެވެ. 

އަހަރުގެ އެންމެ މޮޅު މުވައްޒަފުގެ ޝަރަފުވެރި އެވޯޑު ހޯދީ ކަސްޓަމާ ސާވިސް މެނޭޖަރު މުހައްމަދު ޝާއިގް އަހުމަދުއެވެ. ބެސްޓް ލީޑާ އެވޯޑް ލިބުނީ ހެޑް އޮފް ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން އަލީ ފާރިޝް ޚަލީލަށެވެ. 

your imageބީއެމްއެލްގެ ބެސްޓް ލީޑާ އެވޯޑް ހޯދި އަލީ ފާރިޝް ޚަލީލަށް އެވޯޑް ހަވާލުކުރަނީ 

ކުންފުނީގެ ބްރާންޗުތަކަށް ދޭ ސީއީއޯގެ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް ލިބުނީ ނައިފަރު ބްރާންޗަށެވެ. ޓާމިނަލް މެނޭޖްމަންޓް ޔުނިޓްގެ ބެސްޓް މެނޭޖަރުގެ އެވޯޑް ލިބުނީ އަޒާން ރަޝީދަށެވެ. 

your imageބީއެމްއެލްގެ ބެސްޓް މެނޭޖަރުގެ އެވޯޑް ހޯދި އަޒާން ރަޝީދަށް އެވޯޑް ހަވާލުކުރަނީ 

އޭގެއިތުރުން އެންމެ މޮޅު އަތޮޅު ގޮފި، އެންމެ މޮޅު އަތޮޅު މުވައްޒަފު، އެންމެ މޮޅު ޓީމް، ކަސްޓަމާ ސާވިސް ސްޓާ އަދި އެވޯޑް ފޯ އިނޮވޭޝަންވެސް ވަނީ ރޭގެ ހަފްލާގައި އެވޯޑްތައް ދީފައެވެ 

ރާއްޖޭގެ ގައުމީ ބޭންކް ބީއެމްއެލްގެ މުވައްޒަފުންގެ ތެރެއިން %99 އަށްވުރެ ގިނަ މުވައްޒަފުންނަކީ ދިވެހިންނެވެ. އަދި ބޭންކުގެ މުވައްޒަފުންގެ ތިންބައިކުޅަ އެއްބައި މީހުންނަކީ އަތޮޅުތަކުގައި ހުރި ބްރާންޗުތަކުގައި މަސައްކަތް ކުރާ މީހުންކަމަށްވެސް ބޭންކުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް