ads
ބޭނުންނުކޮށް އުކާލާފައިވާ މުސްހަފުތަކެއް
އުކާލަން ބޭނުންވެފައި ހަތިމުތަކާއި ދީނީ ފޮތްތައް މިއަދުން ފެށިގެން ހަވާލުކުރެވޭނެ
ގޭގައި ހަލާކުވެ ނަތްތާލަން ބޭނުންވެފައިވާ ހުރި ބާ މުސްހަފުތައް ސިޓީ ކައުންސިލަށް ނަގަން ނިންމާ މިއަދުން ފެށިގެން އެތަކެއްޗާއި ހަވާލުވާން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭ ސަރަޙައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުސްހަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް މިއަދު ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަވާލުވަމުން ގެންދާނެކަމަށެވެ. 

ބާ މުސްހަފުތަކާއި ޤުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ބަލައިގަންނަމުން ދާނީ ކޮންމެ 9:00 ން ހަވީރު 4:00 ކަމަށެވެ. އަދި ތަކެތި ބަލައިގަންނާނީ އެ އިދާރާގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައި (ތައިސޭކޮށި) ވިލިމާލެ ސެކްޝަންފެ އިތުރުުން ހުޅުމާލޭގައި ހުންނަ ސެކްޝަނުންކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީ ކައުންސިލުން ވަނީ ބާވެ އުކާލަން ބޭނުންވެފައި ހުންނަ ހަތިމަތަކާއި ދީނީ ލިޔުންތައް އަހަރަކު 2 ފަހަރު އެ ކައުންސިލުން ނަގަން ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް