ads
ސަލާހް
ސަލާހް ކޯޗާ ޒުވާބުކޮށް ދަނޑު ބޭރުގައި "ހާޑު" ވެއްޖެ
ޕްރިމިއަރ ލީގުގައި ލިވަޕޫލްއާ ވެސްޓްހޭމް އެއްވަރު ވި މެޗުގައި ޓަޗްލައިންގައި ފޯވާޑް މުހައްމަދު ސަލާހުއާ، ކޯޗު ޔާގަން ކްލޮޕް ޒުވާބު ކޮށްފިއެވެ.

ޕްރިމިއާ ލީގުގައި ވެސްޓްހޭމްއާ ލިވަޕޫލް އިއްޔެ އެއްވަރުވީ ދޭއް ދޭކުންނެވެ. މި މެޗުގައި ސަލާހް ކުޅެން އެރުވީ މެޗު ނިމެން ގާތްވެފައިވަނިކޮށް ބަދަލު ކުޅުންތެރިއަކަށެވެ. ކުޅެން އަރަން ތައްޔާރުވެ ޓަޗްލައިންގައި ހުރި ވަގުތު ސަލާހްއާ ކްލޮޕްއާ ޒުވާބު ކުރި މަންޒަރުވަނީ ފެނިފައެވެ.

ދެ މީހުންގެ ދެބަސްވުމާމެދު މެޗަށް ފަހު ސުވާލު ކުރުމުން ކްލޮޕްވަނީ އެކަމާ މެދު ކޮމެންޓް ކުރަން ދެކޮޅު ހަދާފައެވެ. ސަލާހްވެސްވަނީ އެކަމާ މެދު ވާހަކަ ދައްކަން ދެކޮޅު ހަދާފައެވެ. އަދި އެކަމާ މެދު އެއްޗެއް ބުނެފިނަމަ ހުޅުގަނޑު ފަޅައިގެންދާނެ ކަމަށް ސަލާހު ބުންޏެވެ.

ވެސްޓްހޭމް އަތުން ގެއްލުނު ޕޮއިންޓާއެކު ލިވަޕޫލަށްވަނީ އަމިއްލަ ބާރުގައި ލީގު ހޯދުމުގެ ރޭހުން ވަކިވާން ޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް