ads
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީހަށް ނޫސްވެރިން ފޯނު ވެއްދުން މަނާކޮށްފި
ރައީސް އޮފީހުގައި ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ވެއްދުން ނޫސްވެެރިންނަށް މަނާކޮށްފިއެވެ.

މިކަން ނޫސްވެރިންނަށްް އަންގާފައިވަނީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ނޫސްވެރިން ދިޔުމުންނެވެ.

ނޫސްވެރިންނަށް ޕްރެސް ރޫމަށް ފޯނު ވެއްދުން މަނާކުރީ ސަލާމަތީ ސަބަބުތަކަށްކަމަށް ރައީސް އޮފީހުން ބުނިއެވެ. މިހާރު ސެކިއުރިޓީ ޕްރޮޓޮކޯލް އޮންނަނީ، އެ އޮފީހުގެ ބައްދަލުވުންތަކަށް އަންނަ އެއްވެސް މީހަކަށް ފޯނު ނުވެއްދޭ ގޮތަށް ކަމަށްވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ މިއަދު ދިމާވި ކަންކަން ތަކުރާރު ނުވާނެ ގޮތަށް ކަންކަން ރާވާނެކަމަށެވެ. އެހެންނަމަވެސް އޭއީ ފޯނު ވެއްދޭގޮތް ވަނީތޯ ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުން ސިދާ ޖަވާބެއް ހީނާ ނުދެއްވިއެވެ. 

" ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މި އިންނަ ޕްރޮޓޮކޯލް އެއީ އަޅުގަނޑުމެން އޭގެ އެއްވެސް ގޮތަކަށް ސޭއެއް އޮންކަމެއް ނޫން.އެއީ އެމްއެންޑީއެފުން ކުރިޔަށް ގެންދާކަމެއް. އެހެންވީމާ އިރާދަކުރެއްވިޔާ ކުރިޔަށް އޮތްތަނުގައި އަޅުގަނޑުމެން އެކަން ތަކުރާރު ނުވާނޭގޮތަކަށް ކުރިޔަށް ގެންދެވޭތޯ މަސައްކަތްކުރާނަން." ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވިދާޅުވިއެވެ.

މިއީ މިފަދަ އެންގުމެއް ރައީސް އޮފީހުން ނޫސްވެރިންނަށް އެންގި ފުރަތަމަ ފަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް