ads
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ
ހިނާ ދެއްވީ މައުލޫމާތު ހާމަ ވާނެ ކަމުގެ ޔަގީންކަން
މި ސަރުކާރުން ފޮރުވާނެ އެއްޗެއް ނޯންނާނެކަމަށާއި ސަރުކާރުގެ ހާމަކަން ބޮޑު ވާނެ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނުގެ މަގާމަށް އައްޔަނު ކުރެއްވި ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރުން ކުރާ އެއްވެސް ކަމެއް ރައްޔިތުުންނަށްް ސިއްރު ނުުކުރާނެކަމަށާއި ސަރުކާރުން އެކުލަވާލާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ރިޔާސީ ކެމްޕެއިންގައި ރައީސް ޑރ. މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ. 

އެހެންނަމަވެސް ސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ސީޔާސީ މަގާމުތަކަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދު ހާމަނުކުރަނީ ކީއްވެތޯ ނޫސްވެރިންވަނީ މިއަދު ރައީސްގެ ތަރުޖަމާނާ ސުވާލުކޮށްފައެވެ.

މަގާމާއި ހަވާލުވުމަށްފަހު މިއަދު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ސަރުކާރުން އެކުލަވާލާ އެއްބަސްވުންތަކުގައި ސިއްރުކުރަންޖެހޭ މައުލޫމާތުތައް ހުންނަކަމަށެވެ. އެހެންކަމުން ހުރިހާ މައުލޫމާތު އާއްމު ނުކުރެވޭނެކަމަށެވެ. 

ސަރުކާރުން ރައްޔިތުންނަށް ހާމަނުކުރާނެ އެއްޗެއް ނޯންނާނެކަމަށް ރަައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތެއް ބަދަލެއް ނާންނާނެކަމަށް ވިދާޅުވެ ހިނާ ވިދާޅުވީ މައުލޫމާތު ހާމަކުރެވޭނީ ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން މައުލޫމާތު ހާމަކުރާނެކަމަށެވެ. 

"ކުރެވެން އޮތް ވަރަކަށް، ވީހާވެސް ބޮޑަކަށް ހާމަކުރާނަން." އައު ތަރުޖަމާނު ވިދާޅުވި އެވެ. "ދެން ސުވާލަކީ މައުލޫމާތު ހާމަކުރުމުގެ ސިސާޔަތަށް ބަދަލެއް އައީތޯ. ނޫން. އަޅުގަނޑުމެންގެ ސިޔާސަތަކީ ވީހާވެސް ބޮޑަކަށް ކުރެވެން އޮތް ވަރަކަށް، ހާމަކުރާނަން. އަދި ނޫސްވެރިންނަށްވެސް އެ މައުލޫމާތު ހާމަކުރެވެން ހުރި މިންވަރަކުން ކުރާނަން."

މައުލޫމާތު ހާމަ ވާނެ ކަމަށް ހިނާ ވިދާޅުވިނަމަވެސްސަރުކާރުން އެކުލަވާލާފައިވާ އެއްބަސްވުންތަކާއި ސިޔާސީ މަގާމުތައް އުފެއްދި ވަރާއި މުލިއާގެ މަރާާތުކުރުމަށް ހޭދަކުރި އަދަދު ހޯދުމަށް ނޫސްވެރިންވަނީ ތަކުރާރުކޮށް އެދިފަ އެވެ.

އެ މައުލޫމާތު ހާމަނުކޮށްގެން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހޯދަން އެދުމުންވެސް ރައީސް އޮފީހުން އެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ. އިންފޮމޭޝަން ކޮމިޝަނުން އެންގުމުންވެސް އެ މައުލޫމާތުތައް ސަރުކާރުން ދީފައިނުވާއިރު އެ މައްސަލަތަކާއި ގުޅިގެން އައިކޮމުން ބޭއްވި އަޑުއެހުންތަކަށްވެސް ރައީސް އޮފީހުން ހާޒިރެއް ނުވިއެވެ. އަދި މައުލޫމާތު އާއްމުކުރުމަށް އައިކޮމުން އަމުރު ނެރުމުންވެސް ރައީސް އޮފީހުން އެކަމާއި އަޅައެއް ނުލިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް