ads
ހަމްނާ
ބެކްސްޓްރޯކް 100 މީޓަރު ރިކޯޑް ހަމްނާ އާކޮށްފި
އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯރޑް ހަމްނާ އަހްމަދު އާކޮށްފިއެވެ.

މެލޭޝިއާގައި މިހާރު ކުރިއަށްދާ 59 ވަނަ މައިލޯ/އެމް.އޭ.އެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ހަމްނާ މި ގައުމީ ރެކޯޑު އާކޮށްފައި ވަނީ 01:17.69 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް ހަމްނާ އެވެ. އެއީ 2023 ވަނަ އަހަރު ބޭއްވުނު 20 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސް ގައި 01:18.17 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މި މުބާރާތުގައި ދިވެހި ފެތުންތެރިން ވަނީ މިހާތަނަށް 4 ގައުމީ ރެކޯޑެއް އާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް