ads
އާސެނަލްގެ ކޯޗު އާޓެޓާ
ޓޮޓްންހަމް ބަލިކޮށް އާސެނަލް އެއްވަނައިގައި
ޓޮޓެންހަމް ހޮޓްސްޕާސް އަތުން މޮޅުވެ، އާސެނަލްއިން ޓޭބަލްގެ އެއްވަނަ ދިފާއުކޮށްފިއެވެ.

ރޭ އާސެނަލް ޓޮޓްންހަމް އަތުން މޮޅުވީ ތިން ލަނޑު ދެ ލަނޑުންނެވެ. އެކަމަކު ހަމަ ރޭ، ނޮޓިންހަމް ފޮރެސްޓް ބަލިކޮށް ސިޓީންވަނީ ދެވަނައިގައި ވިއްދާފައެވެ. ސިޓީއަށް އިތުރު އެއް މެޗު އޮތުމުން، އަމިއްލަ ބާރުގައި ލީގު ނެގުމުގެ ފުރުސަތު އެބައޮތެވެ.

ލީގުގެ އެއް ވަނައިގައި އާސެނަލް އޮތީ، 35 މެޗުން 80 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ވަނީ 34 މެޗުން 79 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ލިވަޕޫލް އޮތީ 35 މެޗުން 75 ޕޮއިންޓާ އެކުއެވެ.

ނޮޓިންހަމް ފޮރެސްޓްގެ މައްޗަށް ސިޓީން ރޭ ކުރި ހޯދީ ދެ ލަނޑު ސުން ލަނޑުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް