މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މުޅި ރާއްޖެއަށް ގުގުރުމާއި އަންނަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ހުދު ސަމާލު ވަނީ ނެރެފައެވެ.
އެންޑީއެމްއޭއިން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ކ.ގުރައިދޫގައި ފެންބޮޑުވެފައިވާތީ ގެއްލުން ލިބޭ ގެތަކުގެ އާއިލާތަކަށް އެހީތެރިވެދިނުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން ކުރަމުން އަންނަކަށެވެ.
މިދިޔަ 24 ގަޑިއިރު ރާއްޖެއަސް ކުރި ވިއްސާރާގައި އެންމެ ބޯކޮށް ވާރޭ ވެހުނީ ބ. ގޮައިދޫއަށެވެ. އެރަށަށް 81.4 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެން އެންމެ ބޯކޮށް ވާރޭވެހުނީ ށ. ފޮނަދޫއަށެވެ. އެރަށަށް 71.3 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.