އެމްއެންޑީއެފުން ބުނީ ބަންޑުން ޖަހާލާފައި ވަނީ "ލިއޯ ޕާލް" ނަމަކަށް ކިޔާ ލޭންޑިން ކްރާޕްޓެއް ކަމަށެވެ. މި އުޅަނދު ބަންޑުން ޖަހާލިއިރު އޭގައި ފަސް މީހުން ތިބި ކަމަށާއި މީގެ ތެރެއިން ހަތަރު މީހުން ކަނޑުވެފައި ތިއްބާ ނެގީ ރޭ ފަތިހު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ މި ހަތަރު މީހުން ސަލާމަތްކުރީ "ސީ އެމްބިއުލާންސް 21" ކަމަށެވެ. ގެއްލުނު މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަސެޕްޓަ ކްރާފްޓް "ހަކުރާ" ހަރަކާތްތެރިވިއިރު، ކޯސްޓްގާޑުގެ ޑައިވަރުން އެ މީހާގެ ހަށިގަނޑު ހޯދާފައި ވަނީ ބަންޑުން ޖަހާލި ލޭންޑް ކްރާފްޓްގެ ދަށުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ބިދޭސީ މީހާ ފެނުނުއިރު އެ މީހާގެ އެއްވެސް ހަރަކާތެއް ނެތް ކަމުގަ އެވެ.