ads
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ދިއްދޫގައި ބާއްވާ ގާލްސް ޓު ކޯޑް ޕްރޮގްރާމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި - ފޮޓޯ:ދިރާގު
ދިއްދޫގައި ބާއްވާ ގާލްސް ޓު ކޯޑް ޕްރޮގްރާމުގައި ރަޖިސްޓާވާން ހުޅުވާލައިފި
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހއ. ދިއްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ގާލްސް ޓު ކޯޑް' ޕްރޮގްރާމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
Advertisement

ދިރާގުން ބުނީ މި އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި މި ވަނީ 'އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ' އާ ދިމާކޮށް، އެ ކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކޮށް ބައިވެރިވުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

ގާލްސް ޓު ކޯޑް ޕްރޮގްރާމަކީ ދިރާގާއި ވިމެން ޓެކް މޯލްޑިވްސް އިސްނަގައިގެން، އަންހެން ކުދިންނަށް ކޯޑު ކުރަން ދަސްކޮށް ދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީއަށް ޝައުގުވެރިކަން އުފައްދައި، ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމެވެ. އެގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް ކޯޑިން އާއި ޑިޖިޓަލް ހުނަރުތައް ހޯދުމުގެ މަގުފަހިކޮށްދިނުމުގެ އިތުރުން ރަށްރަށުގެ މުޖުތަމައުތަކުގެ މެދުގައި މިކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީ ވެސް މި ޕްރޮގްރާމުގެ މުހިންމު އަމާޒެކެވެ.

'ގާލްސް ޓު ކޯޑް' ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ކޯޑިންގެ އިލްމާއި އެ އިލްމު ބޭނުންކުރާނެ ގޮތުގެ އިތުރުން ވެބްޕޭޖް އަދި މިނީ ގޭމްސް ފަދަ ތަފާތު ޓެކްނޮލޮޖީ ހައްލުތައް ފަރުމާކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިއްދޫން މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ އަންހެން ކުދިންނަށް ފެށޭ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އޮންލައިން ފޯމް https://bit.ly/4aMNRqp މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އެވެ. މި ޕްރޮގްރާމުގެ ކްލާސްތައް ކުރިއަށް ދާނީ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. އުމުރުން 10 އަހަރާއި 13 އަހަރާ ދެމެދުގެ މިޑްލް އަދި ސެކަންޑަރީ ސްކޫލް ލެވެލްގެ އަންހެން ކުދިންނަށް ޕްރޮގްރާމުގައި ބައިވެރިވުމަށް ފޯމު ހުށަހެޅޭނެ އެވެ. މީގެ ކުރިން ކޯޑިންގެ މައުލޫމާތު ނެތް ބައިވެރިންނަށް މި ޕްރޮގްރާމުގައި އިސްކަން ދޭނެ އެވެ.

މިއީ 'ގާލްސް ޓު ކޯޑް' ސީރީޒްގެ ފަސްވަނަ ޕްރޮގްރާމެވެ. މީގެ އެންމެ ފުރަތަމަ ޕްރޮގްރާމް ބާއްވާފައި ވަނީ ފުވައްމުލައް ސިޓީގައި 2019 ވަނަ އަހަރު އެވެ. އަދި ދެވަނަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ތިނަދޫ ސިޓީގަ އެވެ. މި ޕްރޮގްރާމުގެ ތިންވަނަ އަދި ހަތަރުވަނަ ސީރީޒް ބާއްވާފައި ވަނީ ކުޅުދުއްފުށީ ސިޓީ އަދި ލާމު އަތޮޅުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް