ads
ޕްރިމިއަރ ލީގު
ހަރަރު ކުޑަކުރަން އިގިރޭސި ކްލަބުތަކުން ފިޔަވަޅުތަކެއް އަޅަނީ
ޕްރިމިއާ ލީގުގެ ކްލަބުތަކުން ޓީމުތަކުގެ މެދުގައި ހުރި މާލީ ފަރަގުތައް ކުޑަކުރުމަށް ހަރަދު ކުޑަކުރުމުގެ އުސޫލެއް ތައާރަފް ކުރުމަށް އެއްބަސްވެއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިމިއާ ލީގުގެ ކްލަބުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅޭ ކްލަބުތަކާއި އަދި އެންމެ ފުލުގައި އުޅޭ ކްލަބުތަކުގެ މެދުގައި އޮންނަ މާލީ ފަރަގު ނައްތާލުމަށް އުސޫލެއްގެ ގޮތުންވަނީ އެއްބަސްވެފައެވެ. ކްލަބުތަކުން އެއްބަސްވެފައިވަނީ ކްލަބުތަކުން ހަރަދުކުރާނީ ޕްރިމިއާ ލީގުގައި އެންމެ ދަށް އާމްދަނީއެއް ލިބޭ ކްލަބަށް ޓީވީ ރައިޓްސްގައި ޖަމާކުރާ ފައިސާގެ ބައެއް ހޭދަކުރުމާ ގުޅޭ ބައެއް ކަންކަމުގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މީގެ ބޭނުމަކީ ހަރަދުތައް ކެޕް ކުރެވޭނެ މެކޭނިޒަމެއް ތައާރަފު ކުރުމެވެ. މިކަން ކުރުމަށް ޕްރިމިއާ ލީގުގެ ބްރޯޑްކާސްޓް ޑީލްތަކުގެ ތެރެއިން އެންމެ ދަށް އާމްދަނީއެއް ޓީމުތަކަށް މާލީ އިތުރު މަންފާތަކެއް ލިބިދެވޭނެ ބައެއް ކަންކަން ހިމެނެއެވެ. އުސޫލެއްގެ ގޮތުން މިކަމަށް ކްލަބުތަކުން އެއްބަސްވީ ނަމަވެސް އެކަމުގައި ފައިނަލް ގޮތެއް ނިންމޭނީ 20 ކްލަބުގެ ތެރެއިން މަދުވެގެން 14 ކްލަބުން އެއްބަސްވާނަމައެވެ.

މިދިޔަ ސީޒަނުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ފުލުގައި އޮތް ކްލަބް ސައުތެމްޓަން އަށް ޓީވީ ފައިސާގެ ގޮތުގައި 104 މިލިއަން ޕައުންޑް (130 މިލިއަން ޑޮލަރު) ދީފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް