ads
ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ/ ހަފްސީ އަބްދުﷲ
ބަނޑޭރިކޮށީގައި މަރުވެފައި އޮއްވާ ފެނުނީ ހޯޑެއްދޫ ޒުވާނެއް
ބަނޑޭރިކޮށީގައި މަރުވެފައި އޮއްވާ ފެނުނީ ގދ. ހޯޑެއްދޫއަށް ނިސްބަތްވާ ޒުވާނެއްކަމަށް ފުލުހުން ބުނެފިއެވެ.

ބަނޑޭރިކޮށީގެ އެޕާޓްމެންޓެއްގައި މަރުވެފައި އޮއްވާ ފެނުނީ ގދ ހޯޑެއްދޫ ވިލިގިނލީގޭ އުމުރުން 30 އަހަރުގެ ހައްމާދު ސައީދުކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީހުން ދިރުނުޅޭ އެޕާޓްމެންޓެއްގެ ތެރޭގައި މީނާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 13 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. މީނާ ފެނުނު އިރުވެސް ހަށިގަނޑު ވަރަށް ބޮޑަށް ގޯސްވެފައިވާކަން ވަނީ އެނގިފައެވެ

މި ޒުވާނާގެ މަރުގެ ހަގީގަތް ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް ރޭ ވަނީ އިންޑިއާއަށް ފޮނުވާފައެވެ. 

 އިއްޔެވެސް ވަނީ މާލޭގެ ފަޅުގެއެއްގެ ތެރޭގައި 30 އަހަރުގެ ޒުވާނަކު މަރުވެފައި އޮއްވާ ފެނިފައެވެ. އެ ޒުވާނާއަކީ އާއިލާއަށް ހަބަރެއް ނުވެގެން އޭނާ ހޯދުމަށް ފުލުހުން އިއްޔެ މަސައްކަތް ފެށި ޒުވާނާއެވެ. 

މި ދެ މަރުވެސް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް