ads
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދު: އެދިވަޑައިގަތީ ދަރިންނަކީ މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމަށް - ފޮޓޯ:ރައީސް އޮފީސް
އަފްރީން އެދިވަޑައިގަތީ ދަރިންނަކީ މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމަށް
ދަރިންނަކީ މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ދެމިތިބުމަށް ބެލެނިވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދު އެދިވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން މިގޮތަށް އެދިވަޑައިގެންފައި ވަނީ ކިންޑަ ޕްރީސްކޫލުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކައިގަ އެވެ. މި ރަސްމިއްޔާތު ކުރިއަށް ދިޔައީ މިއަދު ހަވީރު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.

މި ޖަލްސާގައި ދަރިވަރުންނާއި ބެލެނިވެރިންނާ އަދި މުދައްރިސުންނާއި މުހާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ދަރިންނަކީ މުޖުތަމައަށް ފައިދާހުރި ދަރީންތަކަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ދެމިތިބުމަށް ބެލެނިވެރިންގެ ފަރާތުން އެދިވަޑައިގެންނެވި އެވެ. އަދި ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކުދިންގެ "ސްކްރީން ޓައިމް" މަދުކުރުމަށް މަސައްކަތް ކުރުމަށާއި އެ ކުދިންގެ ވަގުތުތައް ފައިދާހުރި ގޮތުގައި ހޭދަކުރުމަށް ބާރުއެޅުމަށް ބެލެނިވެރިންގެ ފަރާތުން އެދިވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވަނީ މުދައްރިސުން މި ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ކުރައްވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން ވަނީ ދަރިވަރުން މައިންބަފައިންނާއި މުދައްރިސުންގެ ހެޔޮބަސް އަހައި އެގޮތަށް އުޅުން ބައްޓަންކުރުމަށް ބާރުއަޅުއްވާފަ އެވެ. އަދި އަހުލާގު ރަނގަޅު ދީނުގެ ކަންކަމަށް ފަރުވާތެރިވާ ދީނަށް ލޯބިވާ ކުދިންތަކަކަށްވުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިވި 55 ދަރިވަރުންނަށް ދަސްވެނިވިކަމުގެ ލިޔުމާއި ސޭޝް އަދި ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުންނެވެ. ހަމަ އެއާއެކު އެކަމަނާ ވަނީ އަންމާފޮތް ހިފްޒުކޮށްފައިވާ 13 ދަރިވަރުންނަށް ސްކޫލުގެ ފަރާތުން ދެއްވާ ޓްރޮފީ ހަވާލުކޮށްދެއްވާފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކިންޑަ ޕްރީސްކޫލުގެ ފަރާތުން ހަނދާނީ ފިލާއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުންނަށް ދެއްވި އެވެ.

ކިންޑަ ޕްރީސްކޫލުގައި މިހާރު 257 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް