ads
ހަރަދުތައް ހަމަޖައްސަން ދެ ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަނީ
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 2 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލއިފިއެވެ.

ސަރުކާރުން ދޫކުރާ ޓީ ބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާއެވެ.

މިފަހަރު ވިއްކަން އިއުލާންކޮށްފައިވާ ޓީބިލްތައް

  • 28 ދުވަހުން އަނބުރާ ދައްކާ ގޮތަށްް ވިއްކާ 852 މިލިއަން ރުފިޔާގެ ޓީ ބިލް
  • 98 ދުވަހުން އަނބުރާ ދައްކާ ގޮތަށްް ވިއްކާ 224 މިލިއަން ރުފިޔާގެ ޓީ ބިލް
  • 182 ދުވަހުން އަނބުރާ ދެއްކުމަށް 66 މިލިއަން ރުފިޔާގެ ޓީ ބިލް
  • 364 ދުވަހުން އަނބުރާ ދެއްކުމަށް 869.3 މިލިއަން ރުފިޔާގެ ޓީ ބިލް        

މި ޓީ ބިލްތަކުގެ އިންޓްރެސްޓް ރޭޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް