
ޝިވާންގީ ވަނީ އިންސްޓަގުރާމު މެދުވެރިކޮށް ލައިވްކޮށް ޕިންކުވިލާއަށް އިންޓަވިއު އެއްދީފައެވެ. ޕިންކު ވިލާއިން ވަނީ އޭނާ ކައިރި އެންމެ ކަމުދާ އެކްޓަރަކީ ކޮބާތޯ ސުވާލުކޮށްފައެވެ.
އެސުވާލަށް ޖަވާބު ދެމުން ޝިވާންގީ ބުނީ އޭނާއަށް އެންމެ ކަމުދަނީ ރިތިކް ކަމަށް ބުނެފައެވެ. އަދި ހުސް ވަގުތެއް ލިބޭއިރު ރިތިކް ގެ ފިލްމެއް ކަމަށްވާ 'ދޫމް" ބަލާކަމަށް ޝިވާންގީ ވަނީ ބުނެފައެވެ.
ޕިންކްވިލާއިން ވަނީ ބޮލީވުޑު އެކްޓަރުން ތެރެއިން އެންމެ މަސައްކަތް ކުރަން ބޭނުންވަނީ ކޮން ފަންނާނަކާއެކުތޯ ސުވާލުކޮށްފައެވެ. އެޝުވާލުގެ ޖަވާބަކަށް ވެސް ޝިވާންގީ ބުނީ ރިތިކްގެ ނަމެވެ.
ރިތިކް ގެ އިތުރުން ރަންބީރު ސިންގް އާއެކު ވެސް މަސައްކަތް ކުރަން ބޭނުންވާ ކަމަށް ޝިވާންގީ ވަނީ ބުނެފައެވެ. އޭގެ އިތުރުން ވެސް އަދި އެކުގައި މަސައްކަތް ކުރަން ބޭނުންވާ އެކްޓަރުން އެބަހުރި ކަމަށް ޝިވާންގީ ވަނީ ބުނެފައެވެ.
ޝިވާންގީ ވަނީ މީގެ ކުރިން އެތައް ޑްރާމާތަކުގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި "ކޭލްތީ ހޭ ޒިންދަގީ އާކް މިޗޯލީ" އަދި "ބޭއިންތެހާ" ހިމެނެއެވެ.