މި ސަރަަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މާލޭ ސިޓީ ކައުންސިލުންނެވެ. މި މަސައްކަތުގައި ވެމްކޯއާ ގެދޮރުވެރިކަމާއި ބެވޭ ވުޒާރާއާ އެމްޕީއެލްގެ އިތުރުން ފުލުހުން ވެސް ބައިވެރިވެއެވެ.
ސިޓީ ކައުންސިލުން ބުނީ އިންދަސްޓްރިއަލް ވިލެޖް ކުނި ގިނަވެ ގޮނޑުވެފައިވަނީ ޕިކަޕްތަކުގައި އެ ސަރަހައްދަށް ކުނި އަޅާތީކަމަށެވެ. އެހެންކަމުން އެ ސަރަހައްދު ސާފުކުރުމަށްފަހު ބައެއް މަގުތަކަށް އާއްމުކޮށް ނުވަދެވޭގޮތަށް ބަންދުކުރާނެކަމަށެވެ.
ކުނި ބަރުކޮށްގެން ދިޔަ ޕިކަޕަކުން މާލޭ އިންޑްސްޓްރިއަލް ވިލެޖަށް ކުނި އުކާލާ މަންޒަރު ފެންނަ ވީޑިއޯ ދާދި ފަހުން ވަނީ ސޯޝަލް މީޑިއާގއި އާޢްމުވެފައެވެ.
އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދަކީ ކުޜިގެ ރައީސް ޔާމީންގެ ވެރިކަމުގައި ހިއްކި ތަނަކެވެ. އޭރު އެތަން ހިއްކީ މާލޭގއި ހުރި ގުދަންތަކާއި ވޯކްޝޮޕާއި ވެހިކަލް މަރާމާތުކުރާ ގަރާޖު ފަދަ ތަންތަން، އާއްމުން ދިރިއުޅޭ ހިސާބާއި ދުރަށް ގެންދިޔުމުގެ ބޭނުމަގައެވެ. އެހެންނަމަވެސް އެ ސަރަހައްދުގެ ބޭނުން ނުހިފި އެތަން އޮތީ ކުނި އުކާލާ ސަރަހައްދަކަށް ވެފައެވެ.