ads
ހާލަންޑް
ހާލަންޑް އުދުހެނީ، ހަދަނީ ހަދާނެ އެއްޗެއް
ޕްރިމިއަރ ލީގުގައި ވުލްވްސް ބޮޑު ތަފާތަކުން ބަލިކުރި މެޗުގައި ސިޓީގެ ފޯވާޑު އާލިން ބްރައުޓް ހާލަންޑް ހަތަރު ލަނޑު ޖަހައިފިއެވެ.

ރޭ ސިޓީން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ހާލަންޑް ހަތަރު ލަނޑު ޖެހިއިރު، މި މެޗުން ސިޓީ މޮޅުވީ ފަސް ލަނޑު އެއް ލަނޑުންނެވެ. 

މި މެޗާއެކު، ލީގު ތާވަލުގެ އެއް ވަނައިގައި 36 މެޗުން 83 ޕޮއިންޓާ އެކު އާސެނަލްއާ އެއް ޕޮއިންޓަށް ސިޓީންވަނީ ފަރަގު ކުޑަކޮށްފައެވެ. އެއް ޕޮއިންޓަށް ސިޓީން ފަރަގު ކުޑަކުރިއިރު، ސިޓީ އަތުގައި އަދި މެޗެއްވެސް އެބައޮތެވެ. 

ޓޭބަލްގެ ދެ ވަނައިގައި ސިޓީ އޮތީ 35 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. އެހެންކަމުން މެޗު ހަމަކުރާއިރު، ސިޓީއަށް ކުރި ލިބުމުގެ ފުރުސަތު އަމިއްލަ ބާރުގައި ފުރިހަމައަށް އެބައޮތެވެ.

ރޭގެ މެޗުގައި ސިޓީން ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ނެގިއިރު، މި ތިން ލަނޑުވެސް ޖެހީ ހާލަންޑްއެވެ. މިއީ، ދެ ސީޒަނު ތެރޭ ސިޓީ އަށް ހާލަންޑް ހަދައިދިން ނުވަ ވަނަ ހެޓްރިކް އެވެ. ދެވަނަ ހާފުގައި ހާލަންޑް ޖެހި ލަނޑާއެކު، މި މެޗު ވެގެން ދިޔައީ ލީގުގެ މެޗެއްގައި ހާލަންޑް ސިޓީ އަށް ހަތަރު ގޯލު ޖަހައިދިން ފުރަތަމަ ފަހަރަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް