ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމުގައި ހުސެއިން މުހައްމަދު ވިދާޅުވީ ގައުމަށް އިގްތިސޯދީ ހީނަރުކަން އައުމާ ގުޅިގެން އެންމެ ނިކަމެތިވަމުންދަނީ ފަތުރުވެރިކަމުގައި މަސައްކަތްކުރާ މުވައްޒަފުން ކަމަށެވެ. އެގޮތުން އެކަން ހައްލުކުރުމަށް ސްޓިމިއުލަސް ޕެކޭޖު ސަރުކާރުން ތައަރަފްކޮށްފައިވާއިރު ވެސް އެދާއިރާގެ މުވައްޒަފުނަށް އިހުމާލުވަމުންދާކަން ފާހަގަކުރެއްވި އެވެ.
އެހެންކަމުން ވިޔަފާރިވެރިންނަށް ރިސޯޓުތައް ކުއްޔަށް ދޭ މުއްދަތަކީ އެންމެ ރަނގަޅު މުއްދަތުކަން ބަލަންޖެހޭ ކަމަށާއި މިފަދަ ދަނޑިވަޅުގައި މަސައްކަތްތެރިންނަށް އިހުމާލުވާ ފަރާތްތަކާމެދު ވަޒީފާއާ ބެހޭ ގާނޫނުގައި އަދަބުތަކެއް ކަނޑައެޅުން މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.
ހުސެއިން ވިދާޅުވީ މެޖޯރިޓީ ރިސޯޓު ވިޔަފާރިވެރިންގެ އަމަލުތައް ހުރި ގޮތުން މިހާލަތުގައިވެސް އެއްބާރުލުން ނުދެނެކަން އެނގޭކަމަށާއި އެހެންކަމުން ކުރިއަށް އޮތް ތަނުގައި ދިމާވާ ދަތިތަކުގައި ވެސް އެހީތެރިވާނެކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ދިގު މުއްދަތައް ރިސޯޓު ދިނުން ރަނގަޅު ނޫންކަން ވެސް ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން ހުސެއިން ވިދާޅުވީ ކުރިން ރިސޯޓުތައް މަރާމާތައް ބަންދުކުރާއިރު ވެސް މުވައްޒަފުންނަށް މުސާރަދޭ ކަމަށެވެ. އެކަމަކު މިހާރު މިއުޅެނީ ފައިސާގެ މައްސަލައެއް ނޫންކަމަށައި ދިމާވާ ހުރިހާ ވެސް ކަމަކީ އިހުލާސްތެރިކަން ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.