މި އަދަދަކީ މިދިޔަ އަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ.
ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރުނު ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މި ނިމުނު އޭޕްރީލްމަހު ރާއްޖެއަށްވަނީ 168647 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ އޭޕްރީލްމަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 164357 ފަތުރުވެރިންނެވެ. އެހެންކަމުން ފަތުރުވެރިން އައި އަދަދުވަނީ 2.6 އިންސައްތަ އިތުރުވެފަ އެވެ.
އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 794109 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 707306 ފަތުރުވެރިންނާއި އަޅާ ބަލާއިރު 12.3 އިންސައްތަ އިތުރު އަދަދެކެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައި 5 ގައުމު
- ޗައިނާ 83835 ޓޫރިސްޓުން 10.9 ޕަސެންޓް ހިއްސާ
- ރަޝިޔާ 77632 ޓޫރިސްޓުން 10 ޕަސެންޓް ހިއްސާ
- އިނގިރޭސިވިލާތް 75،253 ޓޫރިސްޓުން 9.7 ޕަސެންޓް ހިއްސާ
- އިޓަލީ 70514 ޓޫރިސްޓުން 9.1 ޕަސެންޓް ހިއްސާ
- ޖަރުމަނު 60033 ޓޫރިސްޓުން 7.8 ޕަސެންޓް ހިއްސާ
ޓޫރިޒަމް މިނިސްރީން ބުނާ ގޮތުގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުމަށް 1182 ތަނެއްގައި 62232 ޓޫރިސްޓު އެނދު ހިންގަމުން އަންނައިރު، ރާއްޖެ އަށް 40 އެއާލަނަކުން ޓޫރިސްޓުން އުފުލަ އެވެ.
މި އަހަރު ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ގެނައުމަކީ ސަރުކާރުގެ އަމާޒެކެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.8 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރު 1.6 މިލިއަން މީހުން ޒިޔާރަތް ކުރި އެވެ.