ads
އިގްތިސާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު
ޓްރޭޑް މާކް ބިލާ ގުޅޭ މަޝްވަރާތަކެއް ކުރަނީ
ރައްޔިތުން މަޖިލީހަށް މި ސަރުކާރުން ހުށައަޅަން ނިންމާފައިވާ ޓްރޭޑްމާކާ ބެހޭ ބިލާ މެދު ތަޖުރިބާކާރުންނާ ހިޔާލު ބަދަލުކޮށް މަޝްވަރާކުރަން ފަށައިފިއެވެ.

މި މަޝްވަރާތައް ކުރަނީ ޔުނައިޑެޓް ސްޓޭޓްސް ޕޭޓަންޓް އެންޑް ޓްރޭޑްމާކް އޮފީސް (ޔޫއެސްޕީޓީއޯ) އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން މިހާރު ކުރިޔަށް ގެންދާ ސެމިނާއެއްގައެވެ. 

2 ދުވަހަށް ކުރިޔަށްދާ މި ސެމިނާގައި އިކޮނޮމިކް މިނިސްޓްރީއާ ކަސްޓަމްސް އާ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މުވައްޒަފުން ބައިވެރިވެއެވެ، މީގެއިތުރުން ޔޫތު މިނިސްޓްރީ ފުުހުންގެ އިދާރާ އަދި ބާ ކައުންސިލާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަނުންވެސް ބައިވެރިވެއެވެ. 

މި ސެމިނާގައި ޓްރޭޑްމާކާ ބެހޭ ބިލާ މެދު ތަޖުރިބާކާރުންނާ ހިޔާލު ބަދަލުކޮށް މަޝްވަރާކުރުމާއި ޓްރޭޑްމާކުގެ ހައްގުތަކާ ގުޅޭގޮތުން ކަމާ ގުޅުން ހުރި އިދާރާތަކުގެ މުވައްޒަފުން ތަމްރީނުކުރުންވެސް ހިމެނެއެވެ. 

މީގެއިތުރުން ޓްރޭޑްމާކް ރަޖިސްޓްރީކުރުމުގައި ބަލަންޖެހޭ ކަންކަމާއި، ރަޖިސްޓްރޭޝަން ޕްރޮސެސް ހިނގާގޮތާއި، ރަޖިސްޓްރީކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދިިނުމަސް ވަނީ ހަމަޖެހިފައެވެ. 

މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ސެމިނާގައި މިނިސްޓްރީ އޮފް އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން ބާ ކައުންސިލް އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ މުވައްޒަފުން ބައިވެރިވެ އެވެ.

ސަރުކާރުން އަންނަނީ ޓްރޭޑް މާކާއި ބެހޭ ބިލެއް މަޖިލީހަށް ފޮނުވުމަށްް ތައްޔާރުވަމުންނެވެ. އަދި  ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ބިލެއް ހުށައަޅާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް