ads
ނުރަސްމީ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެއަށްް
ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރޭ ރާއްޖެ ވަޑައިގެންފިއެވެ.

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ފުރާވަޑައިގަތީ މިމަހުގެ 1 ވަނަދުވަހުއެވެ. މި ދަތުރިގެ އެއްވެސް ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. 

މީ ވެރިކަމަށް ހޮވިވަޑައިގަންފަހުން ރައީސް ދެ ކަނބަލުން ސިންގަޕޫރަށް ކުރައްވި ނުރަސްމީ 3 ވަނަ ދަތުރެވެ. މީގެ ތެރެއިން ދެ ދަތުރު ކުރައްވާފައި މިވަނީ ރައީސްކަމުގައި ހުވާކުރެއްވުމަށްފަހުއެވެ.  

މިދިޔަ މާރިޗު މަހުވެސް ރައީސް ދެ ކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގަތެވެ. އެ ދަތުރު ކުރައްވާފައިވަނީ މާރިޗު 21 އިން 23 އަށެވެ. 

އޭގެ ކުރިން އިންތިހާބީ ރައީސްގެ ގޮތުގައި ހުންނެވިއިރުވެސް ޑރ. މުއިއްޒުގެ ދެ ކަނބަލުން ސިންގަފޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ. ނޮވެމްބަރުގައި ކުރެއްވި އެ ދަތުރުފުޅުގައި ސިންގަޕޫރްގައި ހަފްތާއެއްހާ ދުވަސް ހޭދަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް