ads
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ ލޯގޯ
ފައިނޭންސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ ލޯގޯ ދައްކާލައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަަސް އޮތޯރިޓީގެ ލޯގޯ ދައްކާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ މި އިދާރާގެ ލޯގޯ ދައްކާލީ އިގްތިސާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު އޭނާގެ އެކްސް މެދުވެރިކޮށެވެ. 

މި އޮތޯރިޓީގެ ގަވަނިން ބޯޑުގެ ޗެއާޕާސަނަކަށް އައްޔަންކުރައްވާއިވަނީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުއެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސަަސް އޮތޯރިޓީގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ މި އިދާރާ އުފެއްދެވީ 21 ޖެނުއަރީގައެވެ. މިއީ ގާނޫނުގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން އާއި، އޮން-ޝޯ ފައިނޭންސިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށް  އިދާރާއެއްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. 

އެމްއައިއެފްއެސްއޭ ގެ ޗެއާޕާސަނަކަށް ޖިހާދު އައްޔަންކުރެއްވުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާ އަށް އިންގިލާބެއް ގެނައުމަށް ރައީސް ކުރައްވާ ތަސައްވަރު ޖިހާދު ފުއްދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

your imageމޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަަސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) އާއި އެކު މިނިސްޓަރ ސައީދު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން 

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ގަވަނިން ބޯޑުގައި ތިއްބަވަނީ ކިތައް  މެމްބަރުންކަމެއް އެއީ ކޮން ބައެއްކަމެެއް ރަސްމީކޮށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. 

ބޯޑުގެ ޗެއާކަމަށް އައްޔަންކުރެއްވި ޖިހާދަކީ ރައީސް ޔާމީންގެ ވެރިކަމުގައި އެންމެ ފަހުން ހުންނެވި ނައިބް ރައީސްއެވެ. އެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ޖިހާދު ހުންނެވީ އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުގެ މަގާމުގައެވެ. 

ރައީސް މުއިއްޒު މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި އިރު ކްރިމިނަލް ކޯޓުގައި އެމަނިކުފާނާއި ދެކޮޅަށް ކުރިޔަށް ދިޔަ ނޫމަޑި ކުންފުނީގެ މައްސަލާގައި ޖިހާދު ވަނީ ޑރ މުއިއްޒުގެ ދިފާއުގައި ހެކިބަސް ދެއްވައިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް